ގދ. ތިނަދޫން ގެއްލިގެން ހޯދަމުންދިޔަ ޢުމުރުން 81 އަހަރުގެ އަންހެން މީހާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ފެނިފައިވަނީ ފަޅުގެއެއްގެ ކައިރިއަށް ވެއްޓިފައި އޮއްވައި ކަމަށެވެ. އެމީހާ މިހާރުވަނީ ތިނަދޫގައި ހުންނަ ޑރ. އަަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އޭނާގެ މިހާރުގެ ހާލަތާމެދު އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމައުލޫމާތު އެނގޭނީ ޑޮކްޓަރުން ބެއްލެވުމަށްފަހު ކަމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 18:40 އެހައިކަންހާއިރުއެވެ.