ގޫގްލްގެ ތައުލީމީ އުފެއްދުންތަކުގެ މާކެޓިން ޑިރެކްޓަރު އެރިއެލް ކޮރެން ވަނީ ފަލަސްތީނުގެ މުވައްޒަފުންނާއި ފަލަސްތީނުގެ ހާލަތަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް އެކުންފުނިން ފިއްތުންތައް ފިއްތައި ތަފާތުކުރުމުގެ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް އިސްތިއުފާ ދީފައެވެ. އަދި ގޫގްލްއިން މިފަދައިން މުއާމަލާ ކުރަން ފަށާފައި ވަނީ އިސްރާއީލު ސަރުކާރާއެކު ސަރވޭލަންސް އަދި އިންޓެލިޖެންސް ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށް ހަދާފައިވާ ސިއްރު ކޮންޓްރެކްތްގެ ފަހުން ކަމަށް އޭނާ ބުނެއެވެ.
ޔަހޫދީ އިސްތިއުމާރާ ދެކޮޅަށް ވާހަކަ ދައްކާ މުވައްޒަފު ކޮރިން ކުރި ޓްވީޓެއްގައި ބުނީ މި ހަފްތާގައި ގޫގުލްގެ ވަޒީފާއިން ވަކިވާނީ އެކުންފުނިން ތަފާތު ގޮތަށް ހިޔާލު ފާޅުކުރާ މުވައްޒަފުންނާ ދެކޮޅަށް ބަދަލު ހިފުމާއި ޢަދާވާތްތެރިކަމުގެ ސިޔާސަތެއް ގެންގުޅުމުގެ ސަބަބުންކަމަށެވެ.
ގޫގްލްއިން ސޮއިކުރި ނިމްބަސް ކުންފުންޏަކީ ޔަހޫދީ ގައުމުގައި ފަލަސްތީން މީހުންނާ ދެކޮޅަށް ފާރަ ލުމުގެ ޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ބޭނުން ކުރާ ކުންފުންޏެކެވެ.