90 އާއި 2000 ގެ ކުރީކޮޅު ހިންދީ ފިލްމުތަކުގައި އެންމެ ވިދާލި އެއް ތަރިކަމަށްވާ ކަރިޝްމާ ކަޕޫރު އޮގަސްޓު ނިންމައި ސެޕްޓެންބަރު މަސް ފެށީ ދިވެހި ރާއްޖޭގައި ކަމަށް ބުނެފިއެވެ.

އިއްޔެ ކަރިޝްމާ، އިންސަޓަރގްރާމުގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ ރާއްޖޭގެ ރިސޯޓެއްގެ ސުވިމިންޕޫލުގައި އޮއްވައެވެ. މި ވީޑިއޯ ހިއްސާ ކުރަމުން އޭނާ ލިޔެފައިވަނީ ސަމާ ނިންމާލީ ކަމަށެވެ. އޭގެ އިތުރަށް ޓެއިލާ ސްވިފްޓްގެ "އޮގަސްޓް" މި ލަވަ ހިއްސާ ކުރަމުން އޮގަސްޓު ނިންމާލީކަމަށް ލިޔެފައި ވެއެވެ.

ބީވީ ނަމްބަރ ވަންގެ ތަރި ޗުއްޓީހޭދަކުރަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ލިޔެފައެއް ނުވެއެވެ. އެހެންނަމަވެސް އެ ވީޑިއޯ އިން މޫދާ ކައިރީގައިވާ އެ ޕޫލުގައި ފަތަމުން ދާއިރު އޭނާ ރާއްޖޭގައި ހޭދަކުރަނީ އުފާވެރި ޗުއްޓީ އެއްކަން ހާމަވެއެވެ. އަދި އޭނާގެ ވީޑިއޯއަށް ގިނަ ބަޔަކު ތަޢުރީފުކޮށް ލިޔުންތައް ހިއްސާކޮށްފައި ވެއެވެ.

ކަރިޝްމާ ކަޕޫރު މިއަހަރުގެ މާޗް މަހުގައިވެސް ރާއްޖެ އައިސްފައިވެއެވެ. އެފަހަރު އޭނާ ރާއްޖެ އައީ ކޮއްކޮ ކަރީނާގެ ޢާއިލާ އާއި އެކުގައެވެ.