މިއަދު ޓުއިޓާއިން ވަނީ އެ ކުންފުނީގެ 237 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންގެ އާދޭސްތަކަށް ބޯލަނބާލާފައެވެ. މިހާރު ބައެއް މީހުންނަށް ސޯޝަލް މީޑިއާގައި ކޮށްލާ ޕޯސްޓްގައި ކުށެއް އޮތް ނަމަ އެޑިޓް ކޮށްލެވޭނެއެވެ. ޓުއިޓާ ބޭނުން ކުރާ މީހުން އެކަމަށް އެދޭތާ މިވީ އެންމެ 15 އަހަރާއި ނުވަ މަހާއި 22 ދުވަހެވެ.
2006 ވަނަ އަހަރު ޓްވިޓާ ތައާރަފްކުރި ފަހުން، ޓުއިޓާ ބޭނުން ކުރާ ގޮތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމަކު މިފަހަރު މިއަންނަނީ ފިސާރި ބަދަލެކެވެ.
ޓުއީޓް ކޮށްފައި ކުށެއް އޮވެއްޖެނަމަ އެޑިޓް ކުރެވިދާނެއެވެ. މި ރޯލްއައުޓު އަދި އެންމެނާ ހަމައަށް ނައައުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން ވެގެން ދާނީ 2017 ވަނަ އަހަރަށް ފަހު ސޯޝަލް މީޑިއާގެ މިހިދުމަތުގައި އައި އެންމެ ބޮޑު ބަދަލު ކަމަށެވެ.
މީގެ ކުރިން ޓުއިޓާގައި ލިޔެވެނީ އެންމެ 140 އަކުރެވެ. މިހާރު އެއަދަދުވެސ ްވަނީ 280އަށް އިތުރު ކޮށްފައެވެ.