ފެން ނުލިބުމުގެ ސަބަބުން ދިމާވާ ހަމަނުޖެހުމަކީ ކުރިއަށް އޮތް ތަނުގައި އާންމު ކަމެއް ކަމުގައި ވެގެންދާނެއެވެ.

އެފްރިކާގައި ކެންޔާއާއި، އިތިއޮޕިއާ އަދި ސޯމާލިއާއަކީ ޖެހިޖެހިގެން ހަތަރު އަހަރު ވަންދެން ފެނަށް ޖެހި ހަނަފަސްކަން ދެމިގެންދާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކާބޯތަކެތީގެ އަގުތައް ބޮޑު ވުމާއެކު ފުޑް ސެކިއުރިޓީގެ ނުރައްކާތެރުކަން ބޮޑުވެފައި ވެއެވެ.

ދެކުނު ސޫދާނަށް ދިމާވެފައި ވަނީ ޖެހިޖެހިގެން ތިން އަހަރު ވަނދެން ފެންބޮޑުވުމުގެ މައްސަލައެކެވެ. އެމީހުން ނުތަނަވަސްކަމުގައި އުޅުނަސް ދުނިޔޭގެ ސަމާލުކަން ޔުކްރެއިންގައި ހިނގަމުންދާ ހުދު މީހުންގެ ހަނގުރާމައަށް އެނބުރިފައި އޮތުމުގެ ސަބަބުން ފައިސާގެ އެހީ ކަނޑާލުމުން ގިނަ ބަޔަކު އެހީ ނުލިބިފައި އެބަތިއްބެވެ.

ދެކުނު އެފްރިކާގެ ނެލްސަން މަންޑެއްލާ ބޭއަށް އެތައް އަހަރެއް ވަންދެން ހަނަފަސްކަމާއި ކުރިމަތިލާން ޖެހުމުން ބާކީ ހުރި ފެން ފޮދު ފޯރުކޮށްދިނުމަށް ނުރައްކާވެފައި ވެއެވެ.

އިރާގްގައި ދިޖުލާއާއި ފުރާތު ކޯރުތަކުގައި ފެން ހިނދުމުގެ ސަބަބުން އިރާގުގައި ވެސް ފެނުގެ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޯރުގެ މަތީ ސަރަހައްދުގައި ދިރިއުޅޭ ސަހަރުތަކުން ތިރީގައި އުޅޭ މީހުންނަށް އެހީތެރިކަމެއް ނުލިބޭއިރު ސަރުކާރުން މައްސަލ ހައްލު ކުރަން ކުރާ ކަންކަމަށް ފުރައްސާރައާ ކުރިމަތިލާން ޖެހިފައި ވެއެވެ.

އީރާނާއި އަފްޣާނިސްތާނާ ދެމެދުގެ މައްސަލައަކަށްވެފައި ވަނީވެސް ފެނެވެ. ހެލްމަންދު ކޯރުގެ ފެން ބަހާލުމަކީ ދެ ގައުމުގެ ދެމެދު ފިތުނައަކަށް ވެފައިވާ ކަމެކެވެ.

އަފްޣާނިސްތާންގައި އެތައް މިލިއަން މީޙުންނަށް ފެނާއި ކާބޯތަކެތީގެ ނާމާންކަމާއި ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އެގައުމުގެ އިގްތިސާދީ ދަތިތަކާ ހެދި ފެން ބެލެހެއްޓުމުގައި ނާކާމިޔާބީއާއި އިގްތިސާދީ ހަލަބޮލިކަމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ޕާކިސްތާނާއި އިންޑިއާއަށް މީގެ ކުރިން ކުރިމަތި ނުވާވަރުގެ ހީޓް ވޭވެއް ކުރިމަތިވެފައި ވެއެވެ. އިންޑިއާގައި ދަނޑުވެރިކަމުގެ ބާވަތްތައް ހަލާކުވެ، ހަނޑުލުގެ އެކްސްޕޯޓް ކޮންޓްރޯލް ކުރަން ޖެހިފައި ވެއެވެ.

އިންޑިއާއަށް ފެން ލިބެން އޮންނަ ހިމާލިޔާގެ ކޯރުތަކުގައި ޗައިނާއިން ޓިބެޓާ ވީ ސަރަހައްދުން ޑޭމްތައް ހަދައި ފެން ކޮންޓްރޯލު ކުރުމަށްވެސް މަސައްކަތްތައް ކުރަން އުޅެއެވެ.

އުތުރު އެފްރިކާގައި މަޣްރިބްގައި ދަނޑުވެރިކަމާއި ސިޓީތަކުގައި މީހުން ބޭނުންކުރާން ލިބޭ ފެން މަދުވެފައި ވެއެވެ. ހަނަފަފސްކަން ކުރިމަތިވެ ގޮދަން އުފެއްދުން ވަނީ ފަސް އަހަރުގެ ނިސްބަތުން ދެބައިކުޅަ އެއްބައި އަށްވުރެ މަދުވެފައެވެ. އެގައުމުގެ ބޮޑެތި ޑޭމްތައް ފުރިފައިވަނީ %30 އަށްވުރެ ދަށް މިންވަރަކަށެވެ.

ޔޫރަޕްގައި ހަނަފަސްކަން ދިމާވެ ޖަންގަލީތަކުގައި އަލިފާން ރޯވުން އާންމު ކަމަކަށްވެ ކުރިން ދުވަހަކުވެސް ހޫނު ނުވާ މިންވަރަށް މިއަހަރު ހޫނުވެފައި ވެއެވެ.

ޗައިނާއަށް ވެސް ވަނީ އިންތިހާއަށް ހޫނުގަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އިތުރުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

  • އިތިއޯޕިއާއާއި ކެންޔާއާއި ސޯމާލިއާގައި 18 މިލިއަނަށް ވުރެން ގިނަ މީހުންނަށް ހަނަފަސްކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ.
  • އެފްރިކާގެ މުލި ނުވަތަ ހޯން އޮފް އެފްރިކާގައި 250 ހާސް މީހުން ބަނޑަށް ޖެހުމުގެ ބިރު އެބަ އޮތެވެ.
  • ދެކުނު ސޫދާންގައި 60 އަހަރު ތެރޭގައި ދިމާވާ އެންމެ ނުރައްކާ ފެން ބޮޑު ވުމުގެ ސަބަބުން 7 މިލިއަނަށް ވުރެން ގިނަ މީހުންނަށް ކާރިސާއާ ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި ލައްކައެއްހައި މީހުންނަށް ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރިފަށުގައި މިއަހަރު އަލުން ފެން ބޮޑުވުމުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހުނެވެ.

ޗިލީގައި މީހުން ދަނީ 12 އަހަރު ދުވަސް ވަންދެން ކުރިމަތިލާން ޖެހުނު ހަނަފަސްކަމާއި މުޒާހަރާތަކަށް ރައްދެއްގެ ގޮތުން އައު ގާނޫނުއަސާސީއަކަށް ފެންނަ ނުފެންނަ ނެގުމުގެ މަސައްކަތުގައެވެ.

މެކްސިކޯއިން ކުރިން ކުރިމަތިލާފައި ނުވާ ވަރުގެ ހަނަފަސްކަމަކާ ކުރިމަތި ލަމުންނެވެ. އަދި ދސިނާއަތުގެ ވެރިރަށްކަމަށްވާ މޮންޓެރީއަށް އެކަމުން ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

އެމެރިކާގެ ހުޅަނގު ދެކުނު ސަރަހައްދުގައި އާދަޔާ ޚިލާފަށް ހަނަފަސްކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ. ކޮލޮރާޑޯ ކޯރުގެ އައްސޭރިފަށުގެ ސްޓޭޓްތަކަށް މަދުން ފެން ބޭނުން ކުރަން މަޖުބުރުކޮށްފައި ވެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ވަރަށް މަތީގައި ހުރުމަށްފަހު މިހާރު ވަނީ ކުޑަކޮށް ހެޔޮވެފައެވެ. އެހެންނަމަވެސް ތަރައްގީވަމުން އަންނަ ދުނިޔޭގައި ހަމަނުޖެހުމާއި މުޒާހަރާތަކާ ހެދި ކާނާގެ ސަލާމަތަށް އިތުރު ގޮންޖެހުންތައް ކުރިމަތި ވެއެވެ.