ރެކޯޑް މިންވަރަކަށް ޗައިނާއަށް ހޫނު ރާޅުތަކާ ކުރިމަތިލާން ޖެހުމުން ޗައިނާގައި ކަރަންޓް ބޭނުންކުރުން އިތުރުވެ އަދި އެއާއެކު ތަކުރާރުކޮށް ކޮވިޑް-19 ފެތުރުމާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ޖެހުމުން އިގްތިސާދަށް ގެއްލުންވެފައި ވެއެވެ.
މި ކަންކަމާ ގުޅިގެން ޗައިނާގައި ފެކްޓްރީތައް ބަންދުކުރަން ފެށުމުން އުފެއްދުންތެރިކަމުގެ ހަރަކާތް އަނެއްކާވެސް ހުއްޓުމަކަށް އައިސްފައި ވެއެވެ.
ޗައިނާގެ އުފެއްދުންތެރިކަމުގެ ހަރަކާތްތައް އޭގެ އަމާޒުން ކަސިޔާރު ވެފައި ވަނީ އެއާކޮންޑިޝަން ބޭނުންކުރުން މާބޮޑަށް އިތުރުވުމުން ކަމަށް ނިކޭ އޭޝިއާއިން ރިޕޯޓުކުރެއެވެ.
އޭގެ އިތުރުން ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނާ ގޮތުގައި ޖުލައި މަހު ސިނާއީ އުފެއްދުންތެރިކަމުގެ މިންގަނޑުން ވަރަށް ބޮޑަށް ވެއްޓިފައި ވެއެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އިގްތިސާދު ދަށްވެފައި ވަނީ ތަކުރާރުކޮށް ލޮކްޑައުން ކުރުމާއި ދަތުރުފަތުރު ކުރުމަށް ހުރަސްތައް އެޅުމުންނެވެ.
މުހައްލިލުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ހޯދުމަށް އުނދަގޫވާނެ ކަމަށް ލަފާ ކުރެވެއެވެ.
ޗައިނާގެ އިގްތިސާދީ ދާއިރާތަކުގެ ތެރޭން ކުރިއަރާފައިވާ ދާއިރާކަށް ދައްކަނީ ޚިދުމަތުގެ ދާއިރާއެވެ. އެ ދާއިރާ 53 ޕަސެންޓަށް ކުރިއަށް ޖެހިފައި ވެއެވެ.