ސޮނީ އެންޓަރޓައިމެންޓް ޓީވީން މި އަހަރު ހުށަހެޅި "ސްޕަރސްޓަރ ސިންގަރ2"ގެ އެންމެ މޮޅު ލަވަކިޔުންތެރިޔަކަށް ހޮވުނީ މުޙައްމަދު ފާއިޒެވެ. އޭނާއަށް އިނާމަކަށް 15 ލައްކަ އިންޑިއަން ރުޕީސް ލިބުނެވެ.

ސްޕަރސްޓަރ 2 ގެ ނަތީޖާ ފާޅުކުރީ މިރޭ ރާއްޖޭ ގަޑިން 11 ޖެހި އިރު އެވެ. މިރޭގެ 7.30 ގައި ދައްކަފެށި ފައިނަލް ޝޯގައި މި މުބާރާތުގައި ހިމެނުނު އެންމެ މޮޅު 6 ލަވަ ކިޔުންތރީންނާއި އެކުދިޏްގެ ޓީމު ކެޕްޓަނުންގެ ރީތި ލަވަތައް ހުށަހެޅިއެވެ. އަދި ފަނޑިޔާރުންވެސް މި މިބާރާތުގައި ބައިވެރިވި ކުޑަ ކުދީންނާއެކު ރީތި ލަވަތައް ހުށަހެހެޅިއެޅިއެވެ.

މުޙައްމަދު ފާއިޒު ހިމެނޭ ގުރޫޕްގެ ކެޕްޓަން އަކީ އަރުނިތާ ކަންޑޭވާލީ އެވެ. އޭނާ އަކީ އިންޑިއަން އައިޑަލް 12ގެ (މިދިޔަ އަހުރުގެ) އެންމެ މޮޅު 6 ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ ޒުވާން ފަންނާނެކެވެ.

މުޙައްމަދު ފާއިޒަކީ އިންޑިއާގެ ރާޖިސްތާނުގެ ޖެއިޕޫރަށް އުފަން މުސްލިމު އާއިލާއެއްގެ 15 އަހަރުގެ ކުއްޖެކެވެ.

2019 ވަނަ އަހަރު ޒީޓީވީން ހުށަހެޅި "ސަ ރެ ގަ މަ ޕަ" މުބާރާތުގެ ފައިނަލުންވެސް ފާއިޒު ޖާގަ ހޯދިއެވެ. އަދި "ލަވް މީ އިންޑިއާ ކިޑް" 2018 ގައި ބައިވެރިވެ ފައިނަލާ ހަމައަށްވެސް އޭނާ ދިޔައެވެ.