މިޔަންމާއިން ހިޖުރަކުރާ ރޮހިންގާ މީހުންނަކީ ބަންގްލަދޭޝްއަށް ބޮޑު ބުރައެއް ކަމަށާއި އެމީހުން އެނބުރި ވަޒަނަށް ދިއުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ކޮށްދޭން ޖެހޭނެކަމަށް ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއެވެ.
އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސީނާ ވަނީ ބަންގްލަދޭޝްގައި އެތައް ލައްކަ ރޮހިންޖާ މުސްލިމުން ތިބުމުން ސަރުކަރަށް އެކަމުގެ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ބަންގްލަދޭޝްގައި 1.1 މިލިއަން ރޮހިންގާއިން ތިބުމުން އެމީހުންނަށް އެނބުރި ގައުމަށް ދެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެކަމަށް ޙަސީނާ ވިދާޅުވިއވެެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ވިދާޅުވީ އެކަމަނާގެ ސަރުކާރުން މަސައްކަތް ކުރަނީ އިންސާނީ އެހީތެރިކަމުގެ ދާއިރާއިން ވިސްނައިގެން ގެދޮރު ގެއްލިފައިވާ ރޮހިންގާ އާބާދީއަށް ބޯހިޔާވަހިކަން ދިނުމަށެވެ. އަދި ކޮވިޑްގެ ދަތި ދުވަސްވަރު ރޮހިންގާ އެންމެނަށް ވެކސިން ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަކު އެމީހުން ކޭމްޕްތަކުގައި ބައިތިއްބާނީ ކިހާ ދުވަހަކަށްތޯއާއި އަދި އެކަމުގެ ސަބަބުން ތިމާވެށީގެ ކާރިސާވެސް ކުރިމަތިވާކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ހަތިޔާރާއި މަސްތުވާ ތަކެތީގެ ވިޔަފާރީގައި އެމީހގުން ބައިވެރިވާކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ވިދާޅުވީ ރޮހިންގާ ހާލުގައި ޖެހުނު އިރު ބަންގްލަދޭޝްއިން އެހީވެފައިވާނެ ކަމަށާއި އެކަމަކު މިހާރު އެމީހުން އެނބުރި އެމީހުންގެ ގައުމަށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.އަދި އންޑިއާއަށް އެކަމުގައި ބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް ހަސީނާ އިތުރަށް ވިދާޅުވި އެވެ.
ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޙަސީނާ މާދަމާ، ހޯމަ ދުވަހު އިންޑިއާއަށް ވަޑައި ގަންނަވާނެއެވެ.