އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޗައިނާގެ ޝީ ޖިންޕިންއަށާއި ރަޝިޔާގެ ޕޫޓިންއަށް ތައުރީފު ކޮށްފިއެވެ. ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން މީޑިއާއަކީ ރައްޔިތުންގެ ދުޝްމަނެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާ ސަރުކާރުގެ ލިޔުންތަކާއި ފޮތްތަކާއި ހަދިޔާތައް އޭނާ ވަގަށް ނެގި ކަމަށް ބުނާ ވާހަކައަކި އޭނާގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށްވެސް ސިފަ ކޮށްފައެވެ.

ޓްރަމްޕް ބުނީ ޝީ އާއި ޕޫޓިންއަކީ ގަދަ ލީޑަރުންތަކެއް ކަމަށާއި ސަޅިކޮށް ގޮށް މުށުގެ ބާރުން ވެރިކަން ކުރާ ބައެއް ކަމަށެވެ.

އަދި އޭނާ ބުނިގޮތުގައި ޝީ އަކީ ރަސްކަލެކެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ ސިކުނޑިއަށް އޭނާ ދެއްވި ވާހަކަތައް ފޭދުނު ހެނެއް ހިއެއް ނުވެއެވެ. މީހުން ވަނީ ގަދަހަޅޭކަކާއެކު އޭނާގެ ކޮންމެ ލަފްޒަކަށް ހިތްވަރު ދީފައެވެ.