ފިރިހެނުންގެ މަސައްކަތު ދާއިރާއަށް ވަނުމުން ފުރައްސާރައާ ކުރިމަރތި ލާން ނުޖެހެނީ ކޮން އަންހެނަކަށް ހެއްޔެވެ؟ އުންމު ޒައިނަބް އަކީވެސް އިސްތިސްނާއެއް ނޫނެވެ.

މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތި ލައިގެންވެސް އުންމު ޒައިނަބް މަސައްކަތް ފެށީ ފިރިހެނުން މަސައްކަތް ކުރާ ފިރިހެނުންގެ ސެލޫނެއްގައި ފިރިހެނުންގެ ބޯކޮށައި ދިނުމުގެ މަސައްކަތެވެ.

ބަޣްދާދުގައި، އުންމު ޒައިނަބް މި މަސައްކަތް ކުރާއިރު އޭނާ ދަނީ ހަން ބޯކޮށްގެން، މީހުންގެ ފުރައްސާއަށް ބީރުކަންފަތެއް ދީގެންނެވެ.

އާދަވެގެން އޭނާ ލައްވައި ބޯކޮށަން އަންނަ ކަސްޓަމަރުން މިހާރަކު މަދެއް ނޫނެވެ.

އުންމު ޒައިނަބް ބުނާ ގޮތުން ފިރިހެނުންގެ ބޯކޮށައިދނުމުގެ މަސައްކަތް ކުރުމަށް ނިކުތް ފުރަތަމަ އަންހެނަކީ އޭނާ ކަމުގައި ވާނެއެވެ.

“އަހަރެންނަކީ މި މުޖުތަމައިން ބައެއް. އެހެން އަންހެނެކޭވެސް އެއްފަދައިން، އަހަރެންވެސް ގެއިން ނިކުމެ، ވަޒީފާ އަދާ ކުރަން ފެއްޓީ އަހަރެންގެ އާއިލާއަށް ކާން ދިނުމަށްޓަކައި” އޭނާ ބުންޏެވެ.

ބުރުގާ އަޅައިގެން ވަޒީފާއަށްދާ އުންމު ޒައިނަބްއަކީ ދެ އަންހެން ކުދިންގެ މަންމައެކެވެ. ބޯކޮށައި ދިނުމުގެ އިތުރުން ޓެޓޫ ޖެހުމާއި، ފޭޝަލް ހަދައި ދިނުމުގައި އޭނާ ކުޅަދާނަކަމަށް ވެއެވެ.

ބައްތިރީސް އަހަރުގެ އުންމު ޒައިނަބް އެހެން އަންހެން ކުދިންނަށްވެސް ބާރު އަޅަނީ އެމީހުންވެސް ގޭގައި ނުތިބެ، ވަޒީފާއަށް ގޮސް އުޅުމަށެވެ.

ސެލޫންގެ ވެރިމީހާ ބުނިގޮތުގައި އުންމު ޒައިނަބް ވަޒީފާ އަދާކުރަން ފެށިތާ ކުރީކޮޅު ހިސާބުގަނޑު މިކަމަށް ފާޑުކިޔައި ހެއްޖެވެ. ނަމަވެސް އޭނާ އެމީހުންގެ ވާހަކަތަކާ އަޅާ ނުލީ ކަމަށެވެ.