އެމެރިކާގެ ކެލިފޯނިޔާގެ ބީޗް ސަރަހައްދުގައި ކަނޑު ދާއްބަ ފާޅުވެއްޖެއެވެ. ކެލިފޯނިއާގެ ދެކުނުގައި ބީޗަށް ގޮސް މޫދަށް އެރި އުޅުނު މީހުންގެ ގައިގައި މި ދާއްބަތައް ހަފައި ހެދުމުން ލޭ އައިސްގެން ގިނަ ކޭސްތަކެއް ރިޕޯޓް ކޮށްފައި ވެއެވެ.

ވޯޓާ ލައިން އައިސޮޕޮޑްސް (އެކްސިރޯލާނާ ޗިލްޓޯނީ) ގެ ގޮތުގައި ފާހަގަކުރެވޭ މި ކުދިކުދި ދާއްބަތަކަކީ ނިސްބަތުން އާންމު އެއްޗެއް ނަމަވެސް މިހާ ގިނަ އަދަދަކަށް އެއް ސަރަހައްދެއްގައި އެސޮރުމެން ފާޅުވެގެން އުޅެނީ ކީއްވެގެން ސައިންސްވެރިންނަށް އޮޅުމެއް ނުފިލައެވެ.

އެސޮރުމެންގެ ޝިކާރައަކަށް ވެފައިވާ ސެން ޑިއޭގޯގެ އަންހެންމީހާ ތާރާ ސޯވޭޖް ކިޔައިދިން ގތުގައި އޭނާއަށް ހަމަލާ ދީފައި ވަނީ އޭނާ ފިނިކުރަން ފައި މޫދަށް ލައިގެންއިންދައެވެ.

އެސޮރުމެން ދަތް އެޅުމުން ވަރަށް ބޮޑަށް ތަދުވާ ކަމަށާއި އެ ވޭން ފަނަރަ މިނެޓަށް ހުންނަ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

ކަނޑު ދާއްބަ ފާޅުވެ ހަނަފަސް ސަހަރާތަކުގައި ފެން އާރުތައް ހެދި ކޯރުތައް ހިކެނީ ގިޔާމަތް ވާން ކައިރިވެގެން ބާވައެވެ؟