އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ގައުމުގެ ބޮޑު ވަޒީރުންގެ ހާޒިރުގައި ހަތް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާ އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ މުވާސަލާތީ ދަތުރުފަތުރާއި ހަކަތައިގެ ދާއިރާއާއި ފެނުގެ ވަސީލަތްތައް ހިއްސާ ކުރުމާއި ވިޔަފާރިއާއި ބޯޑަރު ބެލެހެއްޓުމާއި، ސެކިއުރިޓީ އަދި ޑިވެލޮޕްމަންޓް ޕާޓްނަޝިޕްގެ ދާއިރާއިން ގުޅުން ބަދަހި ކުރާށެވެ.
އެ ފަހުމުނާމާތަކުގެ ތެރޭގައި ހިމެނެނީ:
ދެ ގައުމުގެ ސަރަހައްދު ބައިކުރާ ކުޝިޔާރާ ކޯރުން އިންޑިއާއާއި ބަންގްލަދޭޝްއިން ފެން ނެގުމާބެހޭ ފަހުމުނާމާ.
އިންޑިއާގައި ބަންގްލަދޭޝް ރޭލްވޭގެ މުވައްޒަފުން ތަމްރީނުކުރުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ރޭލްވޭސްއާއި އެކު ސޮއި ކުރެވުނު ފަހުމުނާމާ.
އައިޓީ ސިސްޓަމްތަކުގައި ދެ ގައުމުން އެއްބާރުލުން ދިނުމާއި ބަންގްލަދޭޝް ރޭލްވޭއަށް ބޭނުންވާ އެހެނިހެން އައިޓީ އެޕްލިކޭޝަންތަކާ ބެހޭ ފަހުމުނާމާ.
އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓާ ދެމެދު އިންޑިއާގައި ބަންގްލަދޭޝްގެ ޖުޑީޝަލް އޮފިސަރުންނަށް ތަމްރީނު ކުރުމާއި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމާ ބެހޭ ފަހުމުނާމާ.
އިންޑިއާގެ ކައުންސިލް ފޯ ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް (ސީއެސްއައިއާރު)، އާއި ބަންގްލަދޭޝް ކައުންސިލް އޮފް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް (ބީސީއެސްއައިއާރު)އާ ދެމެދު ސައިންޓިފިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަންގެ ފަހުމުނާމާ.
ޖައްވީ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާ.
ބްރޯޑްކާސްޓިންގައިގެ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ޕްރާސާރް ބާރްތީ އާއި ބަންގްލަދޭޝް ޓެލެވިޜަން (ބީޓީވީ) އާ ދެމެދު ސޮއިކުރި ފަހުމުނާމާ.
އޭގެ އިތުރުން އިންޑިއާއިންދެ ބިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ގާއިމް ކުރާ 1320 މެގަވޮޓް ކަރަންޓު އުފައްދާ ޕަވަރ ޕްލާންޓާއި ޕުޝްޕާ ބްރިޖުގައި ބަންގްލަދޭޝްގެ އުތުރާއި ދެކުނު އަދި އިންޑިއާއާއި ގުޅުވާ ރޭލްވޭ މަޝްރޫއާއި މަގު ހެދުމަށް ބޭނުންވާ ސާމާނާއި މެޝިނަރީ ސަޕްލައި ކުރުމާ ބެހޭ މަޝްރޫއާއި ބަންގްލަދޭޝް ރޯޑް އެންޑް ހައިވޭސް ޑިޕާޓްމަންޓަށް 25 ޕެކޭޖެއްގެ ގޮތުގައި މަގުތައް ބެލެހެއްޓުމާއި މަގު ހެދުމުގެ ސާމާނާއި މެޝިނަރީ ފޯރުކޮށްދިނުން ހިމެނެއެވެ.
މިހާރުވެސް އިންޑިއާ ބަނގްލަދޭޗް ގުޅުވާލާ ފަސް ރޭލްވޭ އޮތް އޮރި އިތުރު ރެއިލްވޭ އެއްކަމަށްވާ ވެސްތް ބެންގޯލާ ގުޅުވާ 121 މިލިއަން ޑޮލަރުގެ ރެއިލް މަޝްރޫއު އިފްތިތާހު ކުރުންވެސް އޮތެވެ.