އޯގަސްޓް މަހުގެ 12 ވީ ހުކުރު ދުވަހު އެސްޓީއޯއިން ފެށި "އެސްޓީއޯގެ ޖުމްއަ ސްޕެޝަލް" ޕްރޮމޯޝަނަކީ އާއިލީ ބަދަހިކަމަށް ދޭ ހިތްވަރެއް ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. މި ޕްރޮމޯޝަނުގައިި ކޮންމެ ހުކުރު ދުވަހަކުވެސް ދުވަހާ ގުޅޭ ޚާއްސަ ހަދިޔާއެއް އެސްޓީއޯއިން ދެއްވައެވެ.

"އަޅުގަނޑުމެންގެ ހަދިޔާތައް ބޮޑަށް ހުންނާނީ ހުކުރު ދުވަހާ ގުޅުވާލާފައި، ކެއުމަށް ބޭނުންކުރާ ކޮންމެވެސް ބާވަތެއް. އަނެއްކާ މަގުބޫލް ބްރޭންޑްތަކުން" އެސްޓީއޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ޒަމާނީ ބަދަލުތަކާއެކު ހައިޕަރ މާކެޓް ސްޓައިލްއަށް ބަދަލުކޮށް މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ހުޅުވާފައިވާ ޕީޕަލްސް ޗޮއިސްގެ މާހައުލަކީވެސް ކުޑަކުދިންނާވެސް ރައްޓެހި ޖާގަ ތަނަވަސް މާހައުލަކަށްވާއިރު ހުކުރު ދުވަހު އެތަނުން ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރަކީ ކުޑަކުދިން ގޮވައިގެން މަންމަ ނުވަތަ ބައްޕަ، އަދި ބައެއްފަހަރު މަންމައާއި ބައްޕަވެސް ކުދިން ގޮވައިގެން ބާޒާރުކުރު ކުރާ ތަަނެވެ.

ހުކުރު ދުވަހުގެ ހަދިޔާގެ ދިނުމުގައި މާބޮޑު ޝަރުތުތަކެއް ނޯވެއެވެ. "މިދިޔަ ހަފްތާގައި މިއޮތީ 150 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއް. މިދިޔަ ހަފްތާގައި ދިނީ ފްރަގާޓާ އޮލިވްސް ފުޅިއެއް" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ކޮންމެ ހަފްތާއެއްގައި ދެވޭ ހަދިޔާ ތަފާތުއިރު ހަދިޔާގެ ގޮތުގައި ދެނީ ހުކުރު ދުވަހު އާއްމުކޮށް ގިނަ ބަޔަކު ގަންނަ ބާވަތްތަކުގެ އެއްޗެކެވެ.