ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީީން ބުނެފަައިވަނީ އޭގެ އިތުރުން ވޭރިއޭޝަން މަަަސައްކަތްތައް ވެެސް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 345 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ވެސް ހިމެނިފައިވެއެވެ. އޭގެ އިތުން 525 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 72 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރޭމްޕެއް ހެދުން ވެސް ހިމެނެއެވެ. އަދި 5149 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ. މި މަޝްރޫޢަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.