މޮރޮކޯގައި ހުންނަ އިޒްރޭލުގެ ލިއޭޒަން އޮފީހުގެ އިސް މަސްއޫލުވެރިޔާ އަނބުރައި ގެންދިއުމަށް އިޒްރޭލުން ނިންމައިފިއެވެ. ޑޭވިޑް ގޮވްރިން ގެންދަން ނިންމީ އޭނާގެ މޮރޮކޯގެ އަންހެނުންނާއެކު ވަހުޝީ އަމަލުތަކެއް ހިންގުމާއި އިޒްރޭލުގެ ވިޔަފާރިވެރިއަކަށް އޭނާގެ އޮފީސް ހިންގައި ބަސް ކިއުމަށް ހުއްދަ ދިނުމާއި މޮރޮކޯގެ ޝާހިއާއިލާއިން އެ އޮފީހަށް ދީފައި އޮތް ހަދިޔާއެއް ގެއްލުވާލި މައްސަލގައެވެ.
ގޮވްރިން އަކީ ކުރިން މިސްރުގައި ހުރި އިޒްރޭލު އެމްބެސެޑަރެވެ.
މޮރޮކޯއިން އިޒްރޭލާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމުން އިޒްރޭލުން ވަނީ ރަބާޠުގައި އެމްބަސީއެއް ހުޅުވަން ތައްޔާރުކޮށްފައެވެ. ރަސްމީކޮށް އެމްބަސީ އިފްތިތާހު ކުރެވުމުން ލިއޭޒަން އޮފީސް އެމްބަސީއަށް ބަދަލުވާނެއެވެ.
މޮރޮކޯގެ އަންހެނުންގެ މަސައްކަތް ކުރާ ފަރާތްތަކާއި އިދިކޮޅު މީހުން ވަނީ އިޒްރޭލު މަސްއޫލުވެރިޔާގެ ވަހުޝީ ކަމަށް ފާޑު ކިޔާފައެވެ.