އެމެރިކާގެ ވެރިކަމުގެ ރަސްމީ ސަގާފަތަކީ ކޮންމެ ރައީސަކުވެސް ވައިޓުހައުސްއަށް ވަޑައިގަތުމަށް ފަހު އޭނާގެ ކުރިން އެ މަގަމު ފުރުއްވި ރައީސާއި މަހާ ރެހެނދީގެ ކުރެހުމެއް ރަސްމީ ހަފްލާއެއްގައި ތައާރަފްކޮށް ވައިޓް ހައުސްގައި ބެހެއްޓުމެވެ. ނަމަވެސް އެމެރިކާގެ ރިއާސީ ސިސްރު ޑޮކިއުމެންޓްތައް ވަގަށް ނަގައިގެން އުޅޭ ކުރީގެ ރައީސް ޓްރަމްޕް ވަނީ އެކަން ނުކޮށް ދޫކޮށްލާފައެވެ.

ރައީސް ބައިޑެން ވަނީ ބަރަކްއާއި މިޝޭލް އޮބާމާގެ ކުރެހުން ތައްޔާރު ކުރައްވައި ރަސްމީ ހަފްލާއެއްގައި ތައާރަފްކޮށް ދެއްވާފއެވެ.

އޮބާމާގެ ރަސްމީ ފޮޓޯތައް ބަހައްޓާނީ ވައިޓް ހައުސްގެ އީސްޓް ރޫމްއެވެ.