ކެތުރީނާގެ ހިތުގައި ވިކީ ކުޝާލް އަތް ލޯބި ޖެހުނު ސަބަބު އޭނާ ކިޔައިދީފިއެވެ.

"ކޮފީ ވިތް ކަރަން" ގައި ކަރަން ޖޯހަރު ސުވާލުކުރީ ބްރިޓިޝް އާއިލާއެއްގެ ކެތްރީނާ ކެއިފް، ޕަންޖާބީ އާއިލާއެއްގެ ވިކީ ކުޝާލް އަށް ހިތް ދެވުނީ ކީއްވެތޯޢެވެ.

ޖަވާބުގައި ކެތްރިނާ ބުނީ ވިކީ ކުޝާލް އަކީ އެންމެ ފުރަތަމަ އޭނާގެ ޙަޔާތަށް އައި މީހާ ނޫންކަމަށެވެ. އެހެންނަމަވެސް ވިކީ މީހުނަށް ކުރާ އިޙުތިރާމާއި އާއިލާއަށް ދޭ ޤަދަރާއި ލޯބި ފެނިފައި އޭނާ އަށް ޚާއްޞަ ލޯތްބެއް ދެވުނީ ކަމަށެވެ. ވިކީގެ އެ ރީތި އާދަތަކާއި އުސޫލުތަކަށް އޭނާގެ ހިތް ލެނބުނީކަމަށް ކެތްރީނާ ބުންޏެވެ.

ކެތްރީނާ ބުނީ ވިކީ ކްޝާލް އޭނާގެ މަންމައާއި ބައްޕަ އަށް ވަރަށް ބޮޑަށް އިޙުތިރާމް ކުރާކަމަށެވެ. އަދި ވިކީގެ އާއިލާގެ އެންމެންގެ ފަރާތުންވެސް އޭނާ އަށް އިޙުތިރާމާއި، ޤަދަރާއި، ލޯބި ލިބޭކަމަށް އޭނާ ބުންޏެވެ.

އެ ދެތަރިން އެންމެ ފުރަތަމަ ބައްދަލުވެ ރައްޓެހިކަމުގެ ގުޅުން ބަދަހިވީވެސް ވިކީ ގެންގުޅޭ އެ ރީތި އުސޫލުތަކާއި އާދަތަކުން ކަމަށް ކެތްރީނަ ބުންޏެވެ.

ކެތްރީނާއި ވިކީ ކްޝާލް ކައިވެނި ކުރީ މިދިޔަ އަހަރު ޑިސެންބަރު 9 ވަނަ ދުވަހުއެވެ.