ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު

¼ ޖޯޑު ޕްލޭން ޔޯގަޓް

½ މޭޒުމަތީސަމުސާ ރީނދޫ

1 ސައިސަމުސާ ލޮނު

8 ހިކިމިރުސް

¼ ޖޯޑު ކޮތަނބިރި

1 މޭޒުމަތީ ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ދަވިއްގަނދު

4 ކަރަންފޫ

¼ މޭޒުމަތީ ސަމުސާ އޯބަތް

1 ސައިސަމުސާ އަސޭމިރުސް

7 ލޮނުމެދު

½ އިންޗި އިނގުރު

¼ ޖޯޑު ހެލެބެލި ހުތު ފެން

¼ ޖޯޑު ފެން

¼ ޖޯޑު ގިތެޔޮ (ގީ)

2 ފިޔާ

ހިކަނދިފަތް

ތައްޔާރުކުރާނެގޮތް

އެންމެފުރަތަމަ ހިކިމިރުހާއި، ކޮތަނބިރި، ދިރި، ދަވިއްގަނދު އޯބަތް ތަވަޔަކަށް އަޅައި ހަނާކޮށްލާށެވެ. އެއަށްފަހު މިކްސަރުގައި ހިމުން ކޮށްލާށެވެ. ދެން އެއަށް ލޮނުމެދާއި، އިނގުރު، ހެލެނބެލި ހުތުގެ ފެން. އަޅައިގެން ރަނގަޅަށް ހިމުންކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮށާ ސާފު ކޮށްލާށެވެ. ދެން ކޮށި ކުކުޅުގެތެރެއަށް ޔޯގަޓާއި ރީނދޫ، ލޮނު، ހިމުންކުރި ހަވާދު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓުކުރަން 30 މިނެޓު ބަހައްޓާށެވެ. ދެން ތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު ގިތެޔޮ އަޅައި ހޫނު ކޮށްލާށެވެ. އެއަށްފަހު ފިޔާ ކޮށާފައި އަޅާށެވެ. ފިޔާކޮޅު ރަތްވުމުން މެރިނޭޓުކުރި ކުކުޅު އަޅާށެވެ. ދެން މަތިޖަހައިގެން 10 މިނެޓު ކައްކާލާށެވެ. އެއަށްފަހު މަތި ނަގައި ހިކަނދިފަތްވެސް އަޅައިގެން ކުކުޅު ރޯފިލަންދެން ކައްކާލާށެވެ.