އިންޑޯ ޕެސިފިކްގައި ޗައިނާގެ ހަންފެތުރުމުގެ ސިޔާސަތަށް ފާރަވެރިވާ ހާލު އިންޑިއާ އާއި ޖަޕާނުން ރާވާފައިވަނީ ވަރަށް ދެ ގައުމުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ފުރަތަމަ ފަހަރަށް ވައިގެ ހަނގުރާމައިގެ ކަސްރަތު ކުރިއަށް ގެންދާށެވެ. އަދި އޭގެ އިތުރުން، އެއް ގައުމުން އަނެއް ގައުމަށް އަސްކަރީ ދާއިރާގެ އެއް ބާރުލުން އިތުރު ކޮށް މިލިޓަރީ ލޮޖިސްޓިކްސް ގެ ރޮނގުން އެކުވެރިކަން ކުރިއަށް ގެންގޮސް އަދި ދިފާއީ ސިނާއަތުގެ ދާއިރާހެ ގުޅުން ފުޅާކުރާށެވެ.

އިންޑިއާއާއި ޖަޕާނުގެ ޚާރިޖީ އަދި ދިފާއީ ވަޒީރުން ވަނީ އެބޭފުޅުންގެ 2+2 ފޯމެޓްގެ ބައްދަލުވުން ޓޯކިޔޯގައި ބާއްވާފައެވެ.

އިންޑިއާ އާއި ޖަޕާނުގެ ޑިފެންސް ޕާޓްނަޝިޕްގެ މުހިންމުވެގެން ގޮސް ދެ ގައުމުން ދަނީ ހުޅުވާލާފައިވާ އިންޑޯ ޕެސިފިކް ސަރަހައްދު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.