ޕާކިސްތާންގެ ފެން ބޮޑުވުމާ ދެކޮޅަށް އެހީ ފޯރުކޯށް ދިނުމުގެ ނަމުގައި ބައިމަދު ދަރިކޮޅުތަކުގެ އަންހެނުންގެ ހައްގަށް އަރައިގަންނަ މައްސަލަ ވަނީ ބޮޑު ޝަކުވާއަކަށް ވެފައެވެ.
މި މައްސަލާގައި އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު މަސްއޫދު ޚާނާއާ ކޮންފްރޮންޓް ކުރެއްވި ފަރާތަކީ ވާޖިނިއާގެ ކުރީގެ ކޮންގްރެސް ކެންޑިޑޭޓް އަދި ސިފައިންގެ ވެޓެރަން މަންގާ އަނަންތުމުލާއެވެ.
މީޑިއާއިން ދާދިފަހުން ރިޕޯޓް ކޮށްފައިވާ އެއް މައްސަލާގައި ދާދި ފަހުން ސިންދު ޕްރޮވިންސްގައި ކުޑަ ހިންދޫ އަންހެން ކުއްޖަކު ގޭންގަކުން ރޭޕްކޮށްފައިވާ މައްސަލައެއް ހިމެނެއެވެ. މީޑިއާ ބުނާ ގޮތުގައި އެކުއްޖާގެ އިއްފަތް ފޭރިގަނެފައި ވަނީ ހިލޭ ރޭޝަން ދިނުމުގެ ނަމުގައެވެ.
މި މައްސަލައާ މަސްއޫދު ޚާން ކުރިމަތި ލައްވަން ޖެހިވަޑައިގަތީ ވޮޝިންޓަން ޑީސީގެ ނޭޝަނަލް ޕްރެސް ކްލަބުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގައި ގިނަ އަދަދަކަށް މީހުން ހާލުގައި ޖެހިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވމުން ގެންދަވަނިކޮށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން މަންގާ ވަނީ ޕާކިސްތާނުގައި ބައިމަދު ދަރިކޮޅުގެ މީހުން މަޖުބޫރުކޮށްގެން ދީނަށް ވައްދާކަމަށާއި ރޭޕްކުރުމާއި އެހެނިހެން އަނިޔާވެރިކަމުގެ މައްސަލަތައް ކުރިމަތި ކުރުވާކަމަށް ބުނެ އެކަންކަން ހައްލުކުރެއްވުމަށް މަސްއޫދު ޚާން އަރިހުން އެދިވަޑައިގެންފަ އެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މަންގާ އަނަންޓްމުލާ ވަނީ ޕޯސްޓަރެއް ވެސް އަތުކޮޅަށް ނަގައި ދައްކައިފައެވެ.
އެކި މީޑިއާ ރިޕޯޓްތަކުގައި އެކި ގޮތްގޮތަށް މިމައްސަލަ ސްޕިން ކުރާއިރު، އެއް ރިޕޯޓެއްގައި ބުނަނީ ޖޫން މަހުގެ ތެރޭގައި މުޅި ޕާކިސްތާނުގައި ޖުމްލަ 157 އަންހެނުން ރަހީނުކޮށްފައިވާ ކަމަށާއި، 112 އަންހެނުން ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި އަދި، 91 އަންހެނުން ރޭޕްކޮށްފައިވާކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާން ސަފީރާއި ހޮސްޓައިލް ސުއާލުތަކެއް ކޮށްފައި ވެއެވެ. އެގޮތުން ޕާކިސްތާނުން ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ ތަރައްގީ ނުކޮށް އޭގެ ބަދަލުގައި އަސްކަރީ އަދި ނިއުކްލިއާ ގާބިލްކަމަށް އިންވެސްޓް ކުރަމުން އަންނަނީ ކީއްވެގެންތޯ ސުވާލު ކޮށްފައި ވެއެވެ.
މި ވާހަކަތަކުން ޕާކިސްތާންގެ ސަފީރަށް ނުތަވަސްކަމާ ކުރިމަތިލާން ޖެހިވަޑައިގަތް ތަން ފެނިގެން ދިޔައެވެ.