ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދި އާމްނާ ޝަރީފު ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ވަރަށް ޗާލުކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

މިދުވަސްވަރު ރާއްޖޭގައި ޗުއްޓީހޭދަކުރަމުންދާ އާމްނާ ޝަރިފް ބ. ފިނޮޅުގައި ނަގާފައިވާ ވަރަށް ގިނަ ވީޑިއޯޯތަކަާއި ފޮޓޯތައް އިންސަޓަރްގްރާމުގައި ހިއްސާކޮށްފައި ވެއެވެ. މި ފޮޓޯތައް ބެލި އާންމުންގެ އިތުރަށް އިންޑިއާގެ ބައެއް ނޫސްތަކުގައިވެސް އާމްނާގެ ވީޑިއޯތަކާއި ފޮޓޯތަކަށްހތަޢުރީފު ކޮށްފައި ވެއެވެ.

ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރުވި ޓީވީ ޑްރާމާ "ކަހީންތޯ ހޯގާ" އިން ކަޝިޝް ގެ ދައުރު އަދާ ކުރި އާމްނާ ޝަރިފަކީ ކަސައުޓީ ޒިންދަގީހޭ 2 ގެ ކޮމޮލިކާ ގެ ބައި އަދާކުރި ތަރިވެސް މެއެވެ.

ޓީވީ ޑްރާމާގެ އިތުރަށް އާމްނާ ވަނީ ހިންދީ ބައެއް ފިލްމުތަކުންވެސް ފެނިފައެވެ. އެގޮތުން "އެކް ވިލަން" "އާއޯ ވިޝްކަރޭ" ފަދަ ފިލްމްތަކުގެ އެންމެ މުހިއްމު އެއް ރޯލުން ފެނު އާމްނާ ބުނަނީ އޭނާއަށް ގިނަ ފިލްމުތައް ކުޅުމުގެ ފުރުޞަތު ނުލިބެނީ ޓީވީ ތަރިއަކަށް ވުމުން ކަމުގައެވެ.

ރާއްޖޭގައި އާމްނާ ޝަރިފް ޗުއްޓީ ހޭދަކުރަނީ އެކަނި ކަމެއް ނުވަތަ އާއިލާާއި އެކުގައި ކަމެއްނޭނގެއެވެ. އޭނާ ހިއްސާ ކޮށްފާހުރި ފޮޓޯތަކާއި ވީޑިއޯތަކުން އޭނާ ފިޔަވައި އިތުރު އެހެން މީހަކު ނުފެނެއެވެ.