1947 ވަނަ އަހަރު އިންޑިއާ ބައްރު ބަހާލުމުން ރައްޔިތުންނާއި، ބިމާއި، ގުޅުންތައް ބައިބައިވެގެން ދިޔަ ހިތާމަވެރި ހާދިސާއާ ގުޅުންހުރި އެތައް ހާދިސާތަކާއި ކަންތައްތަކެއް އެބަހުއްޓެވެ. އިންސާނުން ހަދާފައިވާ ބޯޑަރުތަކުން ގައުމުތަކަށް މީހުން ހުރަސްކުރުން ހުއްޓުވިދާނެއެވެ. ނަމަވެސް ބޯޑަރު ހުރަސްކޮށް ގަހެއް ހެދިބޮޑުވެ ފެތުރި ހިޔާ ދިނުން އެއްވެސް މީހަކަށް ނުހުއްޓުވޭނެއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޖައްމޫގެ ރަންބީރްސިންގް ޕޫރާގެ ސުޗެޓްގަޅު ބޯޑަރުގައި ހުންނަ ނިކަ ގަހަކީ މިފަދަ ގަހެކެވެ. އެ ގަހުގެ ދެބައިކުޅަ އެއްބައި އިންޑިއާގައި އޮންނަ އިރު އަނެއް ދެބައިކުޅަ އެއްބައި އޮންނަނީ ޕާކިސްތާނުގަ އެވެ.

އެ ގަހުގެ ހިޔާ އިރުގެ މިސްރާބާއެކު ބުރުޖަހައެވެ. ޖައްމޫ ސިޓީއާ 35 ކިލޯމީޓަރު ދުރުގައި އޮންނަ ސުޗެޓްގަޅު ސަރަހައްދުގައި ހުންނަ ޒަމާންވީ އައުޓްޕޯސްޓްގެ ކުރިމަތީގައި ހުންނަ މި ނިކަ ގަހުގެ ވާހަކައަކީ މީހުން ޝައުގުވެރިވާ ވާހަކައެކެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސަރަހައްދު ގބުޅޭ ތާނގައި މަގު ބަންދު ކުރުމަށް ބޮޑު ދެ ދަގަނޑު ގޭޓެއް ބަހައްޓާފައި ވެއެވެ. މިދެމެދުގައި ސަރަހއްދީ ސުން ރޮނގާއި މަޝްހޫރު މަގްބޫލު ނިކަގަސް ގާއިމްވެ ހުރެގހެން ޒަމާނަށް ހެކިދެއެވެ.

މި ގަހަކީ ބޯޑަރުގެ އިމުގެ ތަނބެއްގެ ގޮތުގައި ވެސް ބަލާފައިވާ މަރުކާއެކެވެ.

މި ގަހުގެ ހިޔަލުގައި 1974 ވަނަ އަހަރު، ދެ ޤައުމުގެ މަތީފެންވަރުގެ އަސްކަރީ އޮފިސަރުން ސަރަހައްދުގެ އިމުގެ ޗާޓު ބަދަލުކުރިއެވެ.

ދެ ގައުމު ހަނގުރާމައިގައި އޮތް އިރުވެސް ދެ ފަރާތު ސިފައިންގެ އޮފިސަރުން އެ ގަހުގެ ހިޔަލުގައި ބައްދަލުވުން ބޭއްވިއެވެ. އަދި އިންޑިއާގެ ބޯޑާ ސެކިއުރިޓީ ފޯސް ބީއެސްއެފް އާއި ޕާކިސްތާނުގެ ރޭންޖާސްއާ ދެމެދު ސުލްހައިގެ ލިޔެކިޔުންތައް ވެސް ބަދަލުކުރި އެވެ.

މިނިކަ ގަހަކީ ފަތުރުވެރިންގެ ޝައުގުވެރިކަން ބޮޑު ގަހެކެވެ.

މި ގަސް ހުރިތާނގައި ކުރިން ހުރީ ސަރަހައްދުގެ އިންފާހަގަ ކަމަށް ބަލާފައިވާ 918 ނަންބަރު ތަނބެވެ. ނަމަވެސް ކުއްލިއަކަށް އޭގެ ބުޑުން ނިކަގަހެއް ފެޅި ހެދި ބޮޑުވުމުން ދެ ފަރާތުގެ ސިފައިންވެސް އެ ގަސް ބަހައްޓާން އެއްބަސްވީއެވެ.

918 ނަންބަރު ކޮންކްރީޓު ތަނބު ވަނީ ގަހުގެ ބިޑުގެ ތެރެއަށް ގެއްލި އޭގެ ބަޔަކަށްވެފައެވެ. މިހާރު ޕާކިސްތާނުގެ ރޭންޖާސް އާއި އިންޑިއަން ބޯޑާ ސެކިއުރިޓީ ފޯސް އިން 918 ނަންބަރު އިން ފާހަގައަށް ބަލަނީ އެ ނިކަ ގަހެވެ.