އާޓިފިޝަލް އިންޓެލިޖެންސް އާއި ޗިޕް އުފެއްދުމުގެ ވަސީލަތްތަކަށް ބޭނުންކުރާ ސެމީކޮންޑަކްޓަރުތައް އެމެރިކާއިން ޗައިނާއަށް ސަޕްލައި ކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަންނަ މަހު އެޅުމަށް ބައިޑަންގެ ސަރުކާރުން ރާވާފައިވާ ކަމަށް އެކަން އެނގޭ ބައެއް މީހުން ބުނެއެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ގަސްތުކުރަނީ އެމެރިކާގެ ތިން ކުންފުންޏެއް ކަމަށްވާ ކޭއެލްއޭ ކުންފުންޏާއި ލަމް ރިސާޗް ކުންފުންޏާއި އަދި އެޕްލައިޑް މެޓީރިއަލްސް ކުންފުންޏަށް ޗައިނާއަށް އެކްސްޕޯޓް ކުރުން މަނާ ކުރުމަށް އައު ގަވާއިދުތަކެއް އިއުލާން ކުރުމަށެވެ.
މީގެ ކުރިންވެސް އެކުންފުނިތަކަށް ވަނީ ސިޓީއަކުން ޗައިނާއަށް އެކސްޕޯޓު ނުކުރާން މަނާކޮށްފައެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން އަންގާފައި ވަނީ ލައިސަންސް ހޯދައިގެން ނޫނީ ސަބް 14 ނެނޯމީޓަރުގެ ޕްރޮސެސަރތަކާއި ޒަމާނީ ސެމީކޮންޑަކްޓަރުތަކާއި ޗިޕް އުފައްދާ ޗައިނާގެ ފެކްޓްރީތަކަށް ޗިޕް އުފެއްދުމަށް ބޭނުންކުރާ ސާމާނު އެކްސްޕޯޓް ނުކުރުމަށެވެ.
މިދިޔަ މަހު އެންވީޑިއާ ކޯޕަރޭޝަންއާއި އާއި އެޑްވާންސްޑް މައިކްރޯ ޑިވައިސަސްއަށް އެމެރިކާ ސަރުކާރުން އަންގާފައި ވަނީ ލައިސަންސް ހޯދައިގެން ނޫނީ ޗައިނާއަށް އާޓިފިޝަލް އިންޓެލިޖެންސް ކޮމްޕިއުޓިން ޗިޕްތަކެއް ސަޕްލައިކޮށް ނުދިނުމަށެވެ.