ރަޝިޔާ ސިފައިންނަށް ވަނީ ޔުކްރެއިންގައި އެމީހުން ހިފި 1000 އަކަ މޭލަށް ވުރެ ބޮޑު ބިމުގެ ސަރަހައްދަކާއި މުހިއްމު އަސްކަރީ މަރުކަޒެއް ގެއްލިފައެވެ.

ޔޫކްރޭން ސިފައިންގެ ކުއްލި ހަމަލާގައި އެމީހުން ކުރިއަށް ޖެހުމުން ރަޝިޔާ ސިފައިންނަށް ވަނީ ސިހުމެއް ލިބިފައެވެ. ރަޝިޔާއިން އިއްޔެ ބުނީ ޚާރކިވްގެ އުތުރުގެ ހުރިހާ ސަރަހައްދެއް ގެއްލިފައިވާ ކަމަށެވެ.

ރަޝިޔާގެ ޕޫޓިން ދައްކަން އުޅުނު ބާރު ދެއްކޭ ގޮތެއް ނުވިއެވެ. އަދި ޔުކްރެއިން އިން ވަނީ މި ހަމަލާތަކުން ހިތްވަރު ލިބިގެން ހުޅަނގުން އަނެްކާވެސް އިތުރު ހަތިޔާރަށް އެދިފައެވެ.

ހޫނު މޫސުމުގެ ކުރީކޮޅު ރަޝިޔާއިން އަތުލައިގަތް ޔޫކްރޭންގެ ބިމުގެ ބޮޑު ބައެއްގެ ތެރެއިން ރަޝިޔާ ސިފައިން ވަނީ ފަހަތަށް ޖައްސާލެވިފައެވެ.

ރަޝިޔާ ސިފައިން ފަހަތަށް ޖައްސާލެވުނު ނަމަވެސް އަދިވެސް ޔުކްރެއިންއަށް ހަނގުރާމައިގައި ބޮޑު ކާމިޔާބީއެއް ކަށަވަރެއް ނުވެއެވެ.

ކަޅު ކަނޑުގެ ބަނދަރު ސިޓީއެއް ކަމަށްވާ ޚެރސަން ކައިރީގައި ރަޝިޔާގެ ސިފައިން ވަނީ ދިފާއު ވަރުގަދަ ކޮށްފައެވެ.