އެމްއެންދީއެފް ކޮމާންޑުން ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްޑްރަންސްގެ މުވަށްޒަފުންނަށް އަލިފާން ނިވާނެ އެންމެ އާންމު ގޮތްތައް ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބޭސިކް ފަޔަރ އެވެއަރނަސް، އެ ޕްރޮގްރާމުގައި ފެމެލީ އެންޑް ޗިލްޑްރަންސް ގެ 14 މުވައްޒަފަކު ބައިވެރި ވިކަމަށެވެ.

މިއަދު ހިންގި މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެތެރޭގައި އަލިފާން ނިވި އަދި އަލިފާން ބަލޭންކެޓް ބޭނުންކުރާނެ ގޮތުގެ އިތުރުން، އާންމުކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި ޢަމަލުކުރަންޖެހޭ ރަނަގަޅު ގޮތްތައް ހިމެނޭކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމުގެ ބައިވެރީންނަށް މަޢުލޫމާތުދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.