ދުނިޔޭގެ ކަންކޮޅުގައި އުޅޭ ޔަހޫދުންނާއި ޒަޔަނިސްޓުންނާ ބެހޭ ޔަހޫދުންގެ ވަޒީރު ޔޫރަޕްގައި ތަގްރީރު ކުރުމަށް ފުރުސަތު ނުދިނުމަށް ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދުންގެ އާއިލާތަކުން އެދެފިއެވެ.
ނާޒީން ބޮޑު އަވަނުގައި ޔަހޫދުން ފިހެލައި ގަތުލުއާންމު ހިންގި ހޮލޮކޯސްޓު ހާދިސާއަށް 80 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ސައްލާތަކުގައި ޔަހޫދު ޒަޔަނިސްޓުންގެ މިނިސްޓަރު ޗިކްލީ ވާހަކަ ދެއްކުމަށް ދައުވަތު ދިނުމުން އެކަމާ ދެކޮޅު ހަދާފައި ވެއެވެ.
ހަނގުރާމައިގެ އަސީރުންގެ އާއިލާތަކުން ބުނަނީ މި ޗިކްލީ ވަޒީރަކީ، ނާޒީ ފިކުރަށް ސަޕޯޓު ކުރާ މީހެއް ކަމަށާއި މިއީ ޣައްޒާގައި ގަތުލުއާންމަށް ވެސް ސަޕޯޓު ކުރާ މީހެއް ކަމަށެވެ. އަދި މިމީހާއަށް އެފަދަ ސައްލާއެއްގައި ވާހަކަ ދެއްކުމަށް ދައުވަތު ދިނުމަކީ އެފަދަ މެހުފިލެއް މުޑުދާރު ކޮށްލުން ފަދަ ކަމެއް ކަމަށް ބުނެފައި ވެއެވެ.