އީސާގެފާނު ދުނިޔެއަށް ވަޑައިގަތްފަހުން ދިމާވި އެންމެ ނުރައްކާތެރި އެއް ހާދިސާގައި 2 ލައްކަ މީހުންގެ އާބާދީއެއް އެއްކޮށް ފަނާވެގެން ދިޔައެވެ. އެ ހާދިސާ ހިނގި ގޮތް އެނގެނީ އުމުރުން 17 އަހަރުގެ ޒުވާނަކު ލިޔެފައިވާ ވާހަކަތަކުންނެވެ.

އިޓަލީގެ ޕޮމްޕޭއަށް ދިމާވި ހާދިސާއަކީ 32 ގަޑިއިރުގެ ތެރޭގައި އެ ސިޓީގެ އާބާދީއަށް ނަރަކައެއް ފަދަ ހާލަތެއް އިޙުސާސް ކުރަން ޖެހުނު ކާރިސާއެވެ.

ޕޮމްޕޭއަކީ ތަނަވަސްކަމާއެކު މީހުން އުފަލާއި މަޖަލުގައި އުޅެމުން އައި ރޯމަނުންގެ ސިޓީއެކެވެ. އެމީޙުންގެ މަތީފެންވަރުގެ ދިރިއުޅުމާއި އަމަލުތައް ތާރީޚަށް ރައްކާ ކޮށްދީފައި ވަނީ މި ހާދިސާއެވެ.

ޕޮމްޕޭ އަނދައި ރައްޔިތުން ހިލައަށްވެ، އެއްބަޔަކު ބިއްލޫރިއަށް ވެގެން ދިޔައީ، މާކައިރި ނޫން ހިސާބެއްގައި ހުރި އަލިފާން ފަރުބަދައެއް ގޮވައިގެންނެވެ.

32 ގަޑިއިރު ވަންދެން ފަރުބަދައިން ބޭރުވި ދުމާއި ވެހެމުންދިޔަ ގިނި ހިލަތަކާއެކު ރައްޔިތުންނަށް ސަލާމަތްވާން ފަސް ގަޑިއިރުގެ ވަގުތު ކޮޅެއް ލިބުނު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެކަމކު ހާލަތުގެ ބިރުވެރިކަމާއެކު މީހުން ގެދޮރު ދޫކޮށްދާން ބޭނުމެއް ނުވިއެވެ. ގޭގައި ތިއްބައި ހަލާކުވެގެން ދިޔައީއެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި މި ރަށުގެ މީހުންނަށް އިޙުސާސް ކުރަން ޖެހުނު ހޫނަކީ، 500 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް ކަމަށެވެ.

އަދި މިމީހުންނަށް ކުއްލިއަކަށް މަރުލައިގަތް ގޮތުން ސަލާމަތްވާން ފުރުސަތެއް ނުލިބުނު ކަމަށްވެސް ބައެއް ސައިންޓިސްޓުން ދެކެއެވެ. އެހންވެ ސިޓީން ފެނިފައިވާ ބައެއް ގަބުރުތައް ފެނިފައި ވަނީ އެ ބަޔަކަ އެގުތުގައި ތިބި ހަރަކާތެއްގައި ގަނޑުވެ ހިލައަށް ވެފައި ތިއްބައެވެ.

އަލިފާން ފަރުބަދަ ގޮވައިގެން 9 މޭލު މައްޗަށް އޭގެ ގޭހާއި އަނގުރުތައް ފޮނުވަން ފެށިއެވެ.

ޕޮމްޕޭގެ ގޮވުން ނިއުކްލިއަރ ބޮމެއްގެ ގޮވުމަކާ އެއްވަރު ވާނެ ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ

24 އޮގަސްޓު 79މ. މެންދުރުން އަނބުރާ 12:00

ވެސޫވިއަސް އަލިފާން ފަރުބަދަ ގޮވަން ފެށީ މީލާދީން 79 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު މެންދުރުން އަނބުރައި 12 ޖެހިތަނާއެވެ.

އިޓަލީގެ ހުޅަނގު އައްސޭރީގައި އޮންނަ ގަލްފް އޮފް ނޭޕަލްސްގައި ހުންނަ 2،000 ފޫޓު އުސް އަލިފާންފަރުބަދަ ގޮވަން ފެށުމާއެކު އަލިފާން ކަނިތައް އުކަމުން ވަށައިގެން ވިހަ ގޭހުގެ ބޯ ވިލާގަނޑަކުން ހިސާބުގަނޑު ބަނަކޮށްލިއެވެ.

މެންދުރުން އަނބުރާ 2:00

މެންދުރު 2 ޖެހިތަނާ، ޕޮމްޕޭއަށް ގިނި ހިލަތަކާއި އަނގުރު ފައިބަން ފެށިއެވެ. ޕޮމްޕޭއަށް މިތަކެތި ވެއްޓެން ފެށުމުން، ގަނޑުވަރުތަކުގައި ޖަހާފައިވާ 9 ފޫޓު އުސް ހިލަ ތަނބުތައް ވެއްޓެން ފެށިއެވެ. މީހުން ބޭރުގައި ނުތިބެ، ގެތަކުގެ ތެރެއަށް ވަދެ ހިމާޔަތް ހޯދިއެވެ.

ހަވީރު 7:06

ޕޮމްޕެއި ސިޓީ ތެރޭގައި ދުން ބޯވެ ތަނެއް ނުފެންނަ ވަރުވެ، ވައި ނުސާފުވިއެވެ. އަދި މުޅި ޖައްވު ހޫނުވެ އަވަނެއްހެން މީހުންނަށް އިޙުސާސް ކުރެވުނެވެ. ޕޮމްޕޭއަށް ވެށްޓުނު ހިލައާއި އަޅިއާއެކު މީހުން ވަޅުލެވިފައި ތިބީ 75 ފޫޓު އަޑީގައެވެ.

އަލިފާންގަނޑުގެ އަސަރު ޕޮމްޕޭއަށް އަންނަމުން ދިޔައީ ސިޓިއާ ދިމާއަށް ބާރަށް ޖެހެމުން ދިޔަ ވަޔާއެކުގައެވެ. ވައި ހުރީ ގަޑިއަކު 124 މޭލުގެ ބާރު މިނުގައެވެ.

25 އޮގަސްޓް

އަލިފާން ފަރުބަދައިގެ މަތީގައި އޮތް ގޭސް ވިލާގަނޑު ބިމަށް ފައިބަން ފެށިއެވެ.

5:30 ފަތިހު

ފަތިހު 5:30 ގައި ފަރުބަދައިން އަލިފާނުގެ ކޯރުތައް ބެހެން ފެށިއެވެ.

7:07 ހެނދުނު

ޕޮމްޕެއަށް އަލުން ފައިބަން ފެށި އަޅިއާއި ގޭސް 9 ގަޑިއިރުވަންދެން ފައިބަމުން ދިޔައެވެ. ދުވާލު ވަގުތުވެސް ހީވަނީ ރޭގަނޑެއް ހެންނެވެ.

4:00 ހަވީރު

އަޅިއާއި ގޭސް ފޭބުން ހުއްޓެން ފެށިއެވެ.

ހެނދުނު 7އާއި ހަވީރު 4އާ ދެމެދު މީހުންނަށް ރަށުން ފައިބައިގެން ދިއުމަށް ވަގުތުކޮޅެއް ލިބުނެވެ. ނަމަވެސް އެއަށްވުރެން ބޮޑަށް ބިރުގަނެފައި، ރަށު ނުނިކުމެ ތިއްބައި ދެން އައީ ބިންހެލުމެކެވެ.

8:00 ރޭގަނޑު

ފަރުބަދަ ގޮވުން ހުއްޓުނެވެ. ބައެއް މީހުން އެހާތަނަށް އެ ސިޓީގައި ދިރިތިބި ނަމަވެސް އެބަޔަކު ފަހުން މަރުވީ އޭގެ ހިނދުކޮޅެއް ފަހުން އައި ބިންހެލުމުންނެވެ.

އަލިފާން ފަރުބަދައިން ފޭބި އަލިފާނުން ހިސާބުގެ ކަނޑުގެ ފެންގަނޑުވެސް އޮތީ ހޫނުވެފައެވެ.

ޕޮމްޕޭ އޮތީ 1600 އަހަރު ވަންދެން އަޅިއާއި ހިލަތަކުގައި ވަޅު ލެފިފައެވެ. އެ ސިޓީ ހޯދައި ގަނެވުނީ 1738ގައެވެ.

ޕޮމްޕޭގައި ދިރިއުޅުނު މީހުންނަކީ ހަރާންކަންކަން ހުއްދަ ބައެއްކަމަށް އެތާނގައި އެމީހުން ކުރަހާފައިވާ ކުރެހުންތަކުން ހާމަވެއެވެ.

އިޓަލީގެ ފްރެންސިސް އެކެއް ރަސްގެފާނުވެސް 1819 ވަނަ އަހަރު ޕޮމްޕޭ ބައްލަވާލެއްވުމަށް އަންހެން ދަރިފުޅާއެކު ވަޑައިގަތެވެ. އޭތާނގައި ފެނިވަޑައިގަތް މަންޒަރުތަކުން ލަދުފުޅުން ރަސްގެފާނު އެންގެވީ އެތަކެތި ގެނަސް ގުދަނެއްގައި ބަންދުކޮށްފައި ބަހައްޓާށެވެ. މި ގުދަން ހުޅުވައިފައި ވަނީ 2006ގައެވެ.

މިވާހަކަތަކަކީ، ޖާނަލް އޮފް ޖިއޮލޮޖިކަލް ސޮސައިޓީން އެކުލަވާލި އައު ދިރާސާއެއްގައި ބުނެފައިވާ ވާހަކަތަކެވެ.