ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވިދާޅުވަނީ ނިއުޒިލެންޑު އެންމެ ފަހުން ޖުމްހޫރިއްޔާއަކަށް ވާނެ ކަމަށެވެ. އަދި އެކަން އޭނާ ދުނިޔޭގައި ހުއްޓާ ފެންނާނެ ކަމަށެވެ. ނަމަވެސް އެއީ އަވަސް އަރުވާލައިގެން މިވަގުތަކަށް ކޮންމެހެން ކުރަން ޖެހޭ ކަމެްއް ނޫން ކަމަށެވެ.

ނިއުޒިލެންޑުން ވަނީ ޗާލްސް ރަސްގެފާނު 3 ވަނައަށް ބައިއަތު ހިފާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޑަން ވިދާޅުވީ އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ރަސްގެފާނު ޗާލްސްއަކީ ގިނަ ދުވަސްތަކެއް ވަންދެން ނިއުޒީލެންޑަށް ލޯބި ކުރައްވާ ޚާއްސަ އަޅާލުމެއް ބަހައްޓަވާ ބޭފުޅެއް ކަމަށެވެ.

އާޑަރންގެ ކުރިން ނިއުޒީލެންޑުގައި ޖުމްހޫރިއްޔަތުގެ ޚިޔާލު މަދު ލީޑަރުންތކެއް ގެންގުޅެފައި ވެއެވެ.