ރާނީ އެލިޒަބަތު ދައުލަތުގެ ޖަނާޒާގައި ބައިވެރިވުމަށް އިނގިރޭސިވިލާތުން ރަޝިޔާ، ބެލަރޫސް އަދި މިޔަންމާގެ މަންދޫބުންނަށް ދައުވަތު ދީފައި ނުވާ ކަމަށް އިނގިރެސި ސަރުކާރުން ބުނެފި އެވެ.
އިނގިރޭސިވިލާތުން ހުޅަނގުގެ އެކުވެރި ގައުމުތަކާ ގުޅިގެން ވަނީ މޮސްކޯއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ މައިދާނުގައި ރަޝިޔާއާއި އެގައުމުގެ އެކުވެރި ބެލަރޫސް އެކަހެރި ކުރުމަށް މަސައްކަތްކޮށްފަ އެވެ.
މިޔަންމާއާއި އެގައުމުގެ ސިފައިން ވެސް އިނގިރޭސިވިލާތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވެފައިވެއެވެ. އެއީ ދެކުނު އިރުމަތީ އޭޝިއާގެ އެގައުމުގެ މުސްލިމު ރޮހިންގާ ޖަމާއަތަށް ލަންޑަންގެ ތާއީދު އިތުރުކުރުމާ ގުޅިގެންނެވެ.