އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވައިޓުހައުސްގެ ރިއާސީ އޮފީހުގެ ޙުރުމަތް ކަނޑާލައި ބޮޑު ސުއްޓާ ބޭނުން ކުރައްވައިގެން ޒުވާން އަންހެނެއްގެ އެދުން ފުއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ވާހަކަ ދުނިޔެއަށް ހާމަ ކޮށްދެއްވި އިންވެސްޓިގޭޓަރ އަވަހާރަވެއްޖެއެވެ.

ގާނޫނީ ވަކީލު ކެން ސްޓަރ އަވަހާރަވީ ހިއުސްޓަންގެ ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ ވަނީ 17 ދުވަސްވަންދެން ފަރުވާ ހޯދައިފައެވެ. އަވަހާރަވިއިރު އޭނާގެ އުމުރަކީ 76 އަހަރެވެ.

ކްލިންޓަންގެ ޖިންސީ ފަޟީހަތް އިންވެސްޓިގޭޓް ކުރަމުން ދިޔަ ދުވަސްވަރު ކެން ސްޓާރ އަކީ ހުރިހައި ޓީވީ ޗެނަލެއްގައިވެސް އެންމެ މަޝްހޫރު ނަމެވެ.

ވައިޓް ހައުސްގެ ކުރީގެ އިންޓަރން މޮނިކާ ލެވިންސްކީއާ ކްލިންޓަންގެ ބަދުއަޚުލާގީ ގުޅުމާބެހޭ ތަހުގީގުން އެމެރިކާގެ ރިއާސީ މަރުކަޒުގައި ޖަވާބުދާރީ ވުމާއި ގާނޫނުއަސާސީ ނެގެހެއްޓުމާ ބެހޭ ސުއާލުތައް އާންމު ވެގެން ދިޔައެވެ.

ލެވިންސްކީއަކީ މިހާރު މިލިއަނަރެކެވެ.

ކެން ސްޓަރގެ ތަހުގީގާއެކު އެމެރިކާގައި 130 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް މަސައްކަތް ކުރެވުނެވެ. އޭނާ އެކަމުގައި އިސްކޮށް އުޅުއްވިއެވެ. އަދި ނުފޫޒުގައި ޖެހިފައިވާ ކަަަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެވުނެވެ.

ފަހުން އޭނާ ހުންނެވީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަޒުލު ކުރުމުގެ މައްސަލާގައި ޓްރަމްޕްގެ ވަކީލެއްގެ ހައިސިއްޔަތުން ރައީސުން އަޒުލުކުރުމުގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރައްވާށެވެ.