ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު

¼ ޖޯޑު ކުކިން އޮއިލް

½ ޖޯޑު ލޮނުމެދު (ކޮށާފައި)

½ ޖޯޑު އިންގުރު (ކޮށާފައި)

ރަހަލާވަރަށް ލޮނު

1 ފިޔާ

3 ޓޮމާޓޯ

6 ތޮޅިމިރުސް

ކުލަހިފާވަރަށް ރީނދޫ

½ 1 މޭޒުމަތީސަމުސާ މުގުރި މިރުސް

½ 1 ސައިސަމުސާ ގަރަމްމަސާލަ/ކުކުޅުހަވާދު

2 މޭޒުމަތީސަމުސާ ކޮތަނިރި(މުގުރާފައި)

½ 1 މޭޒުމަތީސަމުސާ ދިރި (މުގުރާފައި)

½ ޖޯޑު ކޮރިއަންޑާ ލީފް

1 މޭޒުމަތީސަމުސާ އިނގުރު (ދިގުކޮށް ކޮށާފައި)

ތައްޔާރުކުރާނެގޮތް

ކުކުޅު ކުދިކޮށް ކޮށުމަށްފަހު ތަވަޔަކަށް ތެޔޮ އަޅާ ހޫނުކޮށްލާށެވެ. ދެން ކޮށި ކުކުޅު އަޅައި ހުދުކުލަ އަރަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ލޮނާއި، ލޮނުމެދު، އިނގުރު، އަޅައި އެއްކޮށްލާށެވެ. ދެން ފިޔައާއި ޓޮމާޓޯ ކޮށާފައި ކުކުޅާ އެއްކޮށްލާށެވެ. އެއަށްފަހު މަތިޖަހައިގެން 10 މިނެޓު ކައްކާށެވެ. 10 މިނެޓު ވުމުން މުގުރިމިރުސް، ކޮތަނބިރި، ދިރި، ގަރަމްމަސާލަ. ތޮޅިމިރުސް، ރީނދޫ އަޅައިގެން މަތިޖަހައިގެން ކައްކާށެވެ. ކުކުޅު ރަނަގަޅަށް ރޯފިލުމުން މަތި ނަގާށެވެ. އަދި ފެން ގިނަނަމަ އިތުރަށް ކައްކާށެވެ. މިފަހަރު މަތި ނުޖަހައެވެ. ދެން ދިގަށް ކޮށި އިނގުރާއި ކޮރިއަންޑާ ލީވްސް އަޅައި ތަވާ އުނދުންމަތިން ބާލާށެވެ.