ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެއް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެންހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

  • ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށި ތާރީޚް: 17 ޖުލައި 2022
  • ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިމުނު ތާރީޚް: 15 ސެޕްޓެމްބާރ 2022

އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓުތައް ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯއިން ވިދާޅުވެފައިވަނީ އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނަރޖީގެ އިތުރު ޕްރޮޖެކްޓްތައް ވަނީ ކުރިއަށް ރާވާފައި ކަމަށެވެ. މީގެ އިތުރުންވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުން." ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.