ޗައިނާގެ ސްމާޓްފޯނު ޝިޕްމަންޓްތައް ޖުލައި މަހު 31 ޕަސެންޓް ދަށަށް ގޮސްފައި ވެއެވެ. އަދި ވިޔަފާރި ވެރިން ވަނީ ޗައިނާއިން ވަޅު ޖެހިފައިވާ އިސްގްތިސާދު ކޮއްޅަށް ޖެހުމަށް ސީރިއަސް ކޮށް މަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ. ޗައިނާ މޮބައިލް ވިޔަފާރި ކުންފުނިތަކުން ބުނާ ގޮތުގައި އައު ފޯނުތަކުގެ ރިލީޒްތައް ނެތުމާއި، ކޯވިޑް-19 ލޮކްޑައުންތަކުގެ ސަބަބުން މޮބައިލް ފޯނުތަކަށް އޮތް ލޯކަލް ޑިމާންޑް ވަނީ ދަށްވެފައެވެ.

ޗައިނާއިން ފޮނުވި ސްމާޓްފޯނުގެ ޖުމްލަ ޝިޕްމަންޓް ޖުލައި މަހު ވަނީ 19 މިލިއަން ޔުނިޓަށް އަރާފައެވެ. މިދިޔަ އަހަރު ޗައިނާއިން އެ މަހު 27 މިލިއަން ޔުނިޓް ބޭރުކޮށްފައި ވެއެވެ. އެމުއްދަތުގައި ޗައިނާއިން ނެރެފައި ވަނީ އެންމެ އާ 18 މޮޑެލް އެވެ