ހޯމަ ދުވަހު އޮންނަ ރާނީގެ ޖަނާޒާއަށް މި ގައުމުތަކަށް ދައުވަތެއް ނުދެއެވެ.

1. ރަޝިޔާ

2. ބެލަރޫސް

3. އަފްޣާނިސްތާން

4. މިޔަންމާ

5. ސީރިޔާ

6. ވެނެޒުއެލާ

އެކަމަކު އިނގިރޭސިވިލާތުން ވަނީ އުތުރު ކޮރެއާ، އީރާން، އަދި ނިކަރާގުއާ އަށް ދައުވަތު ފޮނުވާފައެވެ. ނަމަވެސް ރައީސުންނަކަށް ނޫނެވެ. އެހެންނަމަވެސް އެގައުމުގެ ސަފީރުންނަށެވެ.

ބައެއް އޮންލައިން ޚަބަރުތަކުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވާހަކަ ފަތުރާފައިވީނަމަވެސް އިނގިރޭސި ސަރުކާރުން ބުނީ ދައުވަތު ދީފައި ވަނީ އެމެރިކާގެ މި ވަގުތުގެ ރައީސްގެ ދެކަނބަލުންނަށް އެކަނި ކަމަށެވެ.

ރާނީގެ ޖަނާޒާގައި 750،000 މީހުން ބައިވެރިވާނެ އެވެ.