ބަރްމާސްތްރަ ތަރި މޯނީ ރޯއީ ފިރިމީހާ އާއެކު އަނެއްކާވެސް ދިވެހިރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަގެންދެއެވެ.

މޯނީ ރޯއީއަކީ ވަރަށް ގިނައިން ރާއްޖެ އަށްނަ ބޮލީވުޑްގެ ތަރިއެކެވެ. އެގޮތުން 2020، 2021 އަދި ދާދި ފަހުން 2022 ޖުލައި ފަހުކޮޅުގައިވެސް އޭނާވަނީ ރާއްޖެ އައިސްފައެވެ.

އެދަތުރުގައިވެސް އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރިއެވެ. އަދި ގިނަބައެއްގެ މަގުބޫލުކަން ހޯދި މަންޒަރުތަކަށް އެ ފޮޓޯތައް ވެގެންދިޔައެވެ.

އިއްޔެވެސް ރާއްޖޭގެ ރީތި މަންޒަރުތަކާއެކު ތަފާތު ރީތި ޑިޒައިންތަކުގެ ހެދުންތަކުގައި އޭނާވަނީ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށްފައެވެ. އެ ފޮޓޯތައް މީސްމީޑިއާގައި މަޝްހޫރުކަން ހޯދާފިއެވެ.

ނާގިން ޑްރާމާއިން މަޝްހޫރުވި މޯނީ ރޯއީ އަކީ މިހާރު ސިނަމާތަކުގައިވެސް ރަނިކަންކުރާ ބަޠަލާއެކެވެ.

ބޮލީވުޑްގައި މި ފަހުން ބޮޑު މަގުބޫލުކަމެއް ހޯދި ބަރްމާސްތްރާގައި މޯނީ ވަރަށް ފުރިހަމަ ރޯލެއް އަދާކޮށްފައިވެއެވެ.

ރަންބީރު ކަޕޫރާއި އާލިއާބަޓް އާއި އެކު މޯނީ ކުޅުނު ބަރްމާސްތްރާއަށް ލިބުނު ބޮޑު ކާމިޔާބަށްފަހު މޯލީ އޭނާގެ ފިރިމީހާއާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންދަނީ ފުސްފަރު މޯލްޑިވްސްގައެވެ.