"އީޓް އެން އެޕަލް ޑޭ" އެސްޓީއޯއިން އިއްޔެ ފާހަގަ ކޮށްފިއެވެ. އީޓް އެން އެޕަލް ޑޭ އަކީ ސެޕްޓެމްބަރ 17 ވަނަ ދުވަހެވެ. އެސްޓީއޯއިން މި ދުވަސް ފާހަގަކުރީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށް އެކުންފުނީން ބުނެޏެވެ. އެކުންފުނީން އިއްޔެ ހަވީރު 4 އިން 6 އަށް އެސްޓީއޯ ޕާކުގައި އާފަލުބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު، އެސްޓީޢޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެއެވެ. އާފަލަކީ ސިއްހަތައް އެތައް ގޮތަކުން ފައިދާކޮށްދޭ މޭވާއެއް ކަމުން ދުވާލަކަށް އާފަލެއް ކެވޭތޯ ބެލުމަކީ ޑޮކްޓަރުން ވެސް އިރުޝާދު ދެއްވާފައިވާ ކަމެކެވެ.

އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުން، އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ހިތްގައިމު ޕާކެވެ. މި ޕާކުގައި ކަސްރަތުކުރުމުގެ ސާމާނުވެސް އެސްޓީއޯއިން ވަނީ ގާއިމްކޮށްފައެވެ. އަދި މި ނަލަނަލަ ޕާކު ބަލަހައްޓަނީވެސް އެސްޓީއޯގެ ހީވާގި މުވައްޒަފުންނެވެ. މި ޕާކަކީ ރޭގަނޑުވެސް ރީތި ލައިޓްތަކުން ދިއްލާލާފައި އޮންނަ ހިތްގައިމު ޕާކެކެވެ.