އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ދޮވެހިއްކާ ޕްރޮމޯ ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯ ނޮވެމްބަރު 5 އާ ހަމައަށް ކުރިއަށްދާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ،

ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް %10 ގެ ޑިސްކައުންޓެއް ލިބޭނޭ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އޭގެ އިތުރުން ޕަރސިލް ބެރޭންޑްގެ ޑިޓަރޖެންޓް ތިން ފުޅި ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ބޮޑު އިނާމްތަކެއް ނުލިބޭ؟

ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ އެއްހާސް ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ. ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރ ލިބޭނެއެވެ. ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވަރ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ލިބޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.