ހަރިކޭން މާރިއާ އައިތާ ފަސް އަހަރު ފަހުން ޕުއެޓޯ ރިކޯއަށް ހަރިކޭން ފިއޮނާ ލައިގެންފިއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ޖަޒީރާގައި ފެން ބޮޑުވެ ދޮޅު މިލިއަން މީހުންގެ ގޭބިސީތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ބައެއް ހިސާބުތަކުގައި ދެތިން ފޫޓަށް ފެން ބޮޑުވެފައި ވެއެވެ.