އެސްޓީއޯއިން ފާހަގަކުރާ "ވޯކް ޓު ވަރކް ޑޭ" މިއަދު ފާހަގަ ކޮށްފިއެވެ. މިއީ އެ ކުންފުނީން މި ހަރަކާތް ކުރިއަށް ގެންދިޔަ ތިންވަނަ އަހަރެވެ. މި ހަރަކާތް އަލުން މިފެށީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މެދު ކެނޑިފައި އޮތުމަށްފަހުގައެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތަށް ނުކުންނާނީ ފައިމަގުގައި ހިނގާފައެވެ. އުއްމީދަކީ ވަކި އުމުރަކަށް ބެލުމެއްނެތި މިހަރަކާތް ވަރަށް ކާމިޔާބު ކަމާއިއެކީ ކުރިއަށް ގެންދިއުން ކަމަށް ވެސް އެސްޓީއޯއިންް ވިދާޅުވިިއެވެ. "ކުންފުނީގެ މުވައްޒަފުން މުޅި ދުވަހު އުޅޭނީ ފައިމަގުގައި ކަން ފާހަގަކޮށްލަން،" ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.
އެސްޓީއޯއިން މިފަދަ ހަރަކާތެއް ފަށައި ކޮންމެ އަހަރަކު ސެޕްޓެމްބަރ މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް މިފާހަގަކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށް ވެސް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. އެ ކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރު ދިނުމުގެ އިތުރުން އާންމު ފަރުދުންވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުމަކީ މި ދުވަސް ފާހަގަ ކުރުމުގެ އެއް ބޭނުން ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.
އެސްޓީއޯއިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަޔާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގާފައި ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.
"އެގޮތުން، އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވޭ. އެސްޓީއޯގެ ހައުސްތަކުގެ މެދުގެ ބޭއްވޭ އެކި ގިނަ ކުޅިވަރުގެ ހަރަކާތްތަކުންނާއި ޤައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގައި އެސްޓީއޯއިން މުވައްޒަފުން ބައިވެރިކުރުމަކީ މިކަމުގެ ދަލީލެއް،" ކަމަށް ވެސް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. ހަމަ އެގޮތަށް އެސްޓީއޯއާއި އެސްޓީއޯ ޤްރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއިއެކު ތައްޔާރުކޮށްފައިވާ ޖިމް ވެސް އެކުންފުނީން ވަނީ ފާހަގަކޮށްފައެވެ.
"އެސްޓީއޯގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާއިމެދު ހޭލުންތެރިކުރުވައި، ސިއްހަތަށާއި، ތިމާވެއްޓަށް ފައިދާ ހުރި އާދަތަށް މިމުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުން،" އެކުންފުނީން ވިދާޅުވެފައިވެއެވެ. "ތިބާގެ އަމިއްލަ ހަށިގަނޑުދެކެ ލޯބިވާށެވެ. އަދި ވަށައިގެންވާ މާޙައުލު ސާފުކުރުމަށް ލޯބިކުރާށެވެ."