ސައޫދީ އަރަބިއްޔާގައި ކޭޖީ ލެވެލުން ފެށިގެން ސައޫދީ އަރަބިއްޔާގައި މިއުޒިކް ކިޔަވައި ދެއެވެ. ސައޫދީ މިއުޒިކް ކޮމިޝަންގެ އެކްޓިން ސީއީއޯ ސުލްތާން އަލް ބާޒީ އަލް އަރަބިއްޔާ ނިއުސް ޗެނަލާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސައޫދީ ހުރިހައި ސްކޫލެއްގައި މިއުޒިކް ކިޔަވައިދޭނެ ކަމަށެވެ. މިއުޒިކް ވަނީ ރަސްމީ ކަރިކިއުލްމަގެ ތެރެއަށް ވައްދާފައެވެ.

މިއީ ސައޫދީ ގައި ފުރަތަމަ ފަހަރަށް މިއުޒިކް ކިޔަވައިދޭން ނިންމި ދަނޑިވަޅެވެ. އޮން ލައިންކޮށް މިއުޒިކް ކިޔަވައިދޭ އެކަޑެމީއެއްވެސް އިފްތިތާޙު ކޮށްފައި ވެއެވެ. އަދި އަލް ބާޒީ އިތުރަށް ވިދާޅުވަނީ އީ-ޕްލެޓްފޯމް މަދުރަސަތީ މެދުވެރިކޮށް މިއުޒިކު ދަސްކުރާ ގޮތަށް އެކްސްޓްރާ ކަރިކިއުލާ އެކްޓިވިޓީއެއްގެ ގޮތުގައި ވެސ ްމިއުޒިކް ހުށަހަޅާ ކަމަށެވެ.

ސައުދީ އަރަބިއްޔާއަށް މި ފަހުން ބަދަލުތައް އައިސްފައި ވެއެވެ. އެބަދަލުތަކުގެ އަލީގައި ސައޫދީ ރަސްކަމުގައކި މިހާރު ކޮންސެޓްތަކާއި އާޓް ޝޯތަކާއި ސަގާފީ އަދި މުނިފޫހިފިލުވުމުގެ ފުރުސަތުތައް އިތުރުވެ އަލްއުލާފަދަ ސިޓީތައް ވަނީ މެދުއިރުމަތީގެ މޖުނިފޫހިފިލުވުމުގެ މަރުކަޒަކަށް ބަދަލުވެފައެވެ.

މިހިނގާ 2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި 100 އަމިއްލަ ސްކޫލެއްގައި މިއުޒިކް ކިޔަވައިދޭން ފެށިއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ފަންނުވެރިކަމުގެ އަސާސީ ހުނަރުތައް ތަރައްޤީކުރުމަށް ބޭނުންވާ މިއުޒިކަލް އިންސްޓްރޫމެންޓްތަކާއި އެހީތެރިކަން ފސްކޫލްތަކުން ފޯރުކޮށްދީފައިވެއެވެ.

ސައުދީ މިއުޒިކް ކޮމިޝަން އުފެދުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.