ބޭނުންވާ ތަކެތި

½ 1 ޖޯޑު ގޮދަން ފުށް

½ ސައިސަމުސާ ލޮނު

3 މޭޒުމަތީސަމުސާ ހަނޑޫ ފުށް

3 ސަމުސާ ގިތެޔޮ

ފެން

ތައްޔާރުކުރާނެގޮތް

އެންމެފުރަތަމަ ފުށާއި ލޮނު އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ފެންޖަހައިގެން ފުށް މޮޑޭށެވެ. އާދައިގެ ފެނުގައެވެ. އެއަށްފަހު ފުށްގަނޑު ތައްޓަކަށްލައި މަތިޖަހާފައި 10 މިނެޓު ބާއްވާށެވެ. ދެން ތައްޓަކަށް ހަނޑުފުށާއި ގިތެޔޮ އަޅައިގެން ރަނގަޅަށް އެއްކުރާށެވެ. ހަނޑޫފުންވަރަށް ރަނގަޅަށް އެއްކުރަންވާނެއެވެ. ރަނގަޅަށް އެއްކުރެވޭނީ ހަނޑޫ ރަނަގަޅަށް ހިމުންކޮށް މުގުރުމުންނެވެ. މޮޑުނު ފުށްގަނޑު މަތީގައި ގިތެޔޮ ނުވަތަ ތެޔޮފޮދެއް އަތުން އުނގުޅުމަށްފަހު އަނެއްކާވެސް ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު ގުޅަޖަހާށެވެ. ގާތްގަޑަކަށް 5 ގުޅަވަރު ހެދޭނެއެވެ. ފުށްގުޅަ ރީތިކޮށް އޮމާންކުރުމަށްފަހު ރޮށިދަމާގޮތަށް ބޮޑުކޮށް ދަމާލާށެވެ. އެއަށްފަހު ދެމި ރޮށިމަތީ ތައްޔާރުކުރި ހަނޑޫފުށް އުނގުޅާށެވެ. ހަނޑޫފުށް އުނގުޅާނީ ވަރަށް ތުނިކޮށެވެ. ދެން ރޮށި 7 ބަޔަށް ކަފާލާށެވެ.

އެއަށްފަހު ކެފި ބައިތައް އެކަތިމަތީ އަނެކަތި ބަހައްޓާށެވެ. ދެން ރޯލެއްހެން އޮޅާލާށެވެ. އޮޅާލާނީ ބާރުކޮށެވެ. އެއަށްފަހު އަނެއްކާވެސް ރޮށްޓެއްހެން ދަމާލުމަށްފަހު ތަވާގައި ފިހާށެވެ. ތަވާގައި ތެޔޮ ނޫނގުޅައިވެސް ފަރާޓާ ރީތިކޮށް ފިހެވޭނެއެވެ.