އަފްޣާނިސްތާން އިންސާނީ ކާރިސާއެއްގައި އޮތްއިރު، އީރާނުން އަފްޣާން ރެފިއުޖީން ބޭރު ކުރަަން ފަށައިފިއެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އަފްޣާނިސްތާނުގެ 7،000 އަށް ވުރެ ގިނަ ރެފިއުޖީން އީރާނުން ޑީޕޯޓުކޮށްފައިވާ ކަމަށް ތާލިބާނުން ބުނެއެވެ.

މީގެ ކުރިން ކާބުލްގައި ހުންނަވާ އީރާނުން ސަފީރު ބަހާދުރު އަމީނިއަން ވިދާޅުވީ ދުވާލަކު ގާތްގަނޑަކަށް 3000 އަފްޣާނިސްތާނު މީހުން އީރާނަށް ގަވާއިދާ ހިލާފަށް ވަންނަ ކަމަށާއި ހަމަ އެވަރަށް ގަވާއިދާ އެއްގޮތަށް އީރާނަށް އަފްޣާން މީހުން ދަތުރު ކުރާ ކަމަށެވެ.

އޭނާ ވިދާޅިވީ ގަވާއިދާ ހިލާފަށް އީރާނަށް ދާ ގިނަ މީހުންނަށް ހިއުމަން ޓްރެފިކިންގެ ނުރައްކަލާއި ކުރިމަތިލާން ޖެހުމާއި ހިދުމަތްތައް ނުލިބުމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށްވެ.

ޚާމާ ޕްރެސް އިން ބުނާ ގޮތުގައި ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދުމުގެ ކުރިން އީރާނުގައި ގާތްގަނޑަކަށް 3.4 މިލިއަން އަފްޣާން ރެފިއުޖީން ދިރިއުޅެމުން ދިޔައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 2 މިލިއަން ރެފިއުޖީންނަކީ ސައްހަ ލިޔެކިޔުންތައް ނެތް ބައެއް ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުނެއެވެ.