އެސްޓީއޯއިން "ހިޓާޗީ ފްރިޖް ޕްރޮމޯ" އެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯ ކުރިޔަށްދާނީ 25 ސެޕްޓެމްބަރ އިން ފެށިގެން 5 ނޮވެމްބަރ 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނޭ ކަމަށް ވެެސް އެކުންފުނީން ވިދާޅުވިއެވެ.

މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ޕްރޮމޯޝަންގެ ކޫޕަން ލިބޭނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައެވެ.