އއ. މަތިވެރީ އިންޖީނުގޭ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފި ކަމަށް ސްޓެލްކޯއިން ވިދާޅުވެެއްޖެއެވެ.

އެކުންފުނީން މިއަދު ވިދާޅުވެފައިވަނީ މިއީ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އިސްކަންދީ، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކުރުމަށްޓަކައި، ސަރުކާރުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯއިން ގެންދަނީ މިފަަދަ އިތުރު މަސައްކަތްތައް ވެސް ކުރަމުންނެވެ. އެކުންފުންޏަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެެކެވެ.