އއ.ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްފިއެވެ. އޭނާ މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ފާސްޓް އިންޓަރސެޕްޓަރ ކުރާފްޓް "ހަކުރާ"ގައެވެ.

އެއީ އުމުރުން 65 އަހަރުގެ އަންހެނެކެެވެ. އެ މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު "އެފްއައިސީ ހަކުރާ" ގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 07:00 އެހައިކަންހާއިރުއެވެ.