ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިިފިއެވެ. ރަސްމީކޮށް މި ޚިދުމަތް މިއަދު ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މި މަސައްކަތަކީ ސާސީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދިިޔަ ތަރައްގީގެ މަޝްރޫއެކެެވެ. މި ޚިދުމަތް ރައީސް ފަށްޓަވައިދެއްވި ބޮޑު ތިލަދުން މައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުުގައި ފިނޭއަށް ވަޑައިގެން މިކަމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އެކާވީސް މިލިއަން ރުފިިޔާއަށްވުރެ އަގުބޮޑު މަޝްރޫއެކެވެ.

ސާސީ ކޮންސްޓްރަކްޝަންއާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭޭނިިން މިިނިސްޓްރީން ސޮއިކުރީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 29 ވަނަ ދުވަހުއެވެ. މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. މަސައްކަތް ނިމިފައިވަނީ 2022 ވަނަ އަހަރު އޮގަސްޓް 7 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެެ ދަށުން ކޮށްފައިވާ މައިގަނޑު މަސައްކަތް:

  • 4.8 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުން

  • 7.2 ކިލޯ މީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއް އެޅުން

  • ދުވާލަކު 25 ޓަނުގެ ފެން އުފައްދާ 2 އާރުއޯ ޕްލާންޓު ބެހެއްޓުން

  • ފެން ރައްކާ ކުރުމަށް 130 ޓަނުގެ 2 ތާނގީ ބެހެއްޓުން

  • ވާރޭ ފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާނގީއެއް ބެހެއްޓުން

  • 179 ގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން

  • 180 ގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުން