ފައިނޭންޝިއަލް ކޮންޓްރޯލަރގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މާލިއްޔަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މަގާމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މުހައްމަދު އާޒާދެވެ.

އާޒާދުގެ އެކަޑަމިކް ކޮލިފިކޭޝަން:

  • ސީއެފްއޭޗާޓަރ ހޯލްޑަރ
  • މާސްޓަރ އޮފް ސައންސް އިން ފައިނޭންސް
  • ބެޗްލަރ އޮފް ބިޒްނަސް އެޑުމިނިސްޓްރޭޝަން

އަދާ ކުރެއްވި މަގާމުތައް:

  • އެސްއޯއީ ރިފޯމް ކޮންސަލްޓެންޓް- މިނިސްޓްރީ އޮފް ފިނޭންސް
  • އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓެންޓް- މިނިސްޓްރީ އޮފް ފިނޭންސް
  • ހެޑު އޮފް އެކައުންޓްސް އެންޑް ފައިނޭންސް- ހަޒާނާ މޯލްޑިވްސް
  • ހެޑްއޮފް އިންޓެލިޖެންސް ޑިޕާޓުމެންޓް- އެންޓި ކޮރަޕްޝަން ކޮމިޝަން
  • ބޯޑު މެމްބަރ- މޯލްޑިވްސް އިސްލާމިކް ބޭޭންކު