އައިފޯނު 14 ނެރުނުތާ އެންމެ ތިން ހަފްތާ ފަހުން އިންޑިއާގައި އައިފޯން 14 އުފައްދަން ފެށިކަން އެޕަލް އިން އިއުލާން ކޮށްފިއެވެ. މިއީ ދުނިޔޭގެ އިލެކްޓްރޯނިކްސް ސަޕްލައި ޗޭންގެ ބޮޑު ބައެއް ހިފުމަށް މަސައްކަތް ކުރަމުންދާ ދެކުނު އޭޝިއާގެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އެޕަލް އިން ބުނީ އިންޑިއާގައި އައިފޯން 14 އުފައްދަން ފެށުން ފޯރިގަދަ ކަމަށެވެ. މިއީ އެޕަލްގެ އެންމެ އާ ފޯނުތައް ނެރުނުތާ ގިނަ ދުވަހެއް ނުވަނީސް ޗައިނާއިން ބޭރުގައި އެފޯނު އުފައްދަން ފެށި ފުރަތަމަ ފަހަރެވެ.