ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވަން ބޭނުންވާ ދިވެހިންނަށް އައު ޚިދުމަތްތަކާއެކު އަގުހެޔޮ ޕެކޭޖުތަކެއް ޖަމްބޯ ފޯވާޑިން އިން ތައާރަފު ކޮށްފިއެވެ.

ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް މޫސާ (ޖަމްބޯ) ހަލިނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރު ފެށި ޕްރޮމޯޝަަނަކީ އެންމެ ހެޔިއަގުގައި އަދި އެންމެ ފަސޭހައިން ރާއްޖެއަށް މުދޭ ފޮނުވޭނެ ގޮތް ހެދުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

ޖަމްބޯ ފޯވާޑިން އަކީ އެއަރފްރައިޓްކޮށްގެންނާއި ކަނޑުމަގުން ވެސް މުދާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ކުންްފުންޏެކެވެ. އަދި އެ ފޮނުވާ މުދާ ދޮރުން ދޮރަށް ފޮނުވައިދިނުމަކީ އެކުންފުނީގެ އެންމެ ޚާއްސަ އަދި އިތުބާރު ހިފޭ އެއް ޚިދުމަތް ކަމަށް އެމްޑީ އިސްމާޢީލް ވިދާޅުވިއެވެ.

ދޮރުން ދޮރަށް ކަނޑުމަގުން މުދާ ފޮނުވައިދޭ މިހާރުގެ އަގަކީ އެއް ކިލޯ އާއި 50 ކިލޯއާ ދެމެދުގެ ޝިޕްމެންޓެއްނަމަ ކިލޯއަކަށް ހަތަރު ޔޫއެސް ޑޮލަރެވެ. 50 ކިލޯއިން ފެށިގެން 100 ކިލޯއާ ހަމައަށް ކިލޯއަކަށް ނަގާނީ 3.5 ޔޫއެސް ޑޮލަރެވެ. 100 ކިލޯއިން މަތިނަމަ ކިލޯއަކަށް ތިން ޑޮލަރު ކަމަށްވެސް އެކުންފުނީން ވިދާޅުވިއެވެ. ކަނޑުމަގުން ދޮރުންދޮރަށް (ތައިލެންޑުން ރާއްޖެއަށް) މުދާ ފޮނުވުމަކީ މީގެ ކުރިން އެއްވެސް ފަރާތަކުން ނުދޭ ޚިިދުމަތެއް ކަމަށް އިސްމާއީލް ވިިދާޅުވިއެވެ.

ސީ ފްރައިޓް ސީބީއެމްކޮށް ފޮނުވަން ބޭނުންވާ ދިވެހިންނަށް އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ގޮތުން ސީބީއެމްއަކަށް އެ ކުންފުނިން ނަގާނޭ އަގަކީ 165-175 ޑޮލަރެވެ.

އޮކްޓޯބަރު މަހުން ފެށިގެން 20 ފޫޓުގެ ކޮންޓޭނަރެއް ރާއްޖެއަށް ފޮނުވައިދޭނީ، ހުރިހާ ޚިދުމަތްތަކެއް ހިމަނައިގެން، 3999 އެމެރިކާ ޑޮލަރަށެވެ. އަދި 40 ފޫޓުގެ އެޗްކިއު ކޮންޓެއިނަރއަކަށް ނަގާނީ އެކުންފުނިން އަލަށް ތައާރަފުކުރި އަގުކަމަށްވާ 7590 ޔޫއެސް ޑޮލަރެވެ. އެއަރފްރައިޓުކޮށް 1000 ކިލޯއަށް ވުރެ އިތުރަށް ފޮނުވަން ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޚާއްސަ އަގަކީ ކިލޯއަކަށް 3.45 ޔޫއެސް ޑޮލަރު ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.