މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރ މުޙައްމަދު ނާޒިމާއި އެޕާޓީގެ ލީޑަރޝިޕުގެ ޓީމެއް ލ. އަތޮޅާއި ތ. އަތޮޅަށް ކުރައްވާ ދަތުރެއް މިއަދު ފަށްޓަވައިފިއެވެ.

މި ދަތުރުގައިި އެޓީމް ލ. އަތޮޅަށް ވަޑައިގެންނެވުމުން އެ އަތޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ޒިޔާރަތުގައި އެމްއެންޕީގެ ޓީމުން ލ. ދަނބިދޫ އަދި ތ. ގުރައިދޫ ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އެމްއެންޕީގެ ނޭޝަނަލް ކޮންގްރެސްއަށްފަަހު އެ ޕާޓީން ރަށްރަށަށްކުރާ ފުރަަަމަ ދަތުރެވެ. އެމްއެންޕީއަކީ އެންމެ ބާރަށްކުރިއަރަމުންދާ އެއްޕާޓީއެވެ. ކުޑަދުވަސްކޮޅެއްގައި އެޕާޓީން ވަނީ 8129 މީހުން ޕާޓީއަށް ހަމަކޮށްފައެވެ. މެމްބަރޝިޕް އިތުރު ފޯމްތައް މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

މަކުނުދޫ ދާއިރާއިން ވެސް ގިނަ އަދަދެއްގެ ފޯމްތައް މިހާރު ވަނީ ޕާޓީއާ ހަވާލުކޮށްފައެވެ. އެ ފޯމްތަކާ ހަވާލުވީ ޕާޓީގެ ލީޑަރ މުހައްމަދު ނާޒިމެވެ. އުތުރުގެ ރަށްރަށުން އެމްއެންޕީއާ ގުޅޭ ފަރާތްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެޕާޓީއަކީ ކުރިމަގު އޮތް އުޖާލާ ފިކުރެއް ކަމަށް ވެސް އެމްއެންޕީ އިން ވަނީ ބުނެފައެވެ.

އެމްއެންޕީއިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީން ރިޔާސީންް އިންތިޚާބުގަައި ވާދަކުރައްވާނީ ޕާޓީގެ ލީޑަރ މުޙައްމަދު ނާޒިމެވެ.